މިޔުނިކް (ސެޕްޓެމްބަރު 21) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ބެޔާން މިޔުނިކް އަތުން 4-3 ން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ އޭނާގެ ސަބަބުން ކަމަށް، އެ ޓީމުގެ ކީޕަރު އަންޑްރޭ އޮނާނާ ބުނެފި އެވެ.
މިޔުނިކް (ސެޕްޓެމްބަރު 21) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ބެޔާން މިޔުނިކް އަތުން 4-3 ން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ އޭނާގެ ސަބަބުން ކަމަށް، އެ ޓީމުގެ ކީޕަރު އަންޑްރޭ އޮނާނާ ބުނެފި އެވެ.
މެޗުގެ ފުރަތަމަ ލަނޑު ބެޔާން ޖެހީ އޮނާނާ އަށް ހެދުނު ބޮޑު ގޯހަކުންނެވެ. އާދައިގެ ސްޕީޑްގައި ލިރޮއީ ސާނެ ފޮނުވާލި ބޯޅަ ހޭންޑްލް ކުރެވޭ ގޮތެއް އޮނާނާ އަކަށް ނުވި އެވެ. އޭނާގެ އަތުގައި ޖެހިފައި ބޯޅައިގެ ސްޕީޑަށް ބަދަލު އައިސް ވަނީ އަމިއްލަ ގޯލަށެވެ.
އޭގެ ފަހުން ސާޖް ގަނާބްރީ ޖެހި ގޯލްގައި ވެސް އޮނާނާ އަށް އެދެވޭ މަސައްކަތެއް ނުކުރެވުނެވެ.
"އަހަރެމެން ފެށީ ވަރަށް ރަނގަޅަށް، އެކަމަކު އަހަރެންނަށް ހެދުނު ގޯހަކަށް ފަހު މެޗުގެ ކޮންޓްރޯލް ގެއްލުނީ. މީ އަހަރެންގެ ސަބަބުން ކުރިމަތިވި އުނދަގޫ ހާލަތެއް. ހާއްސަކޮށް އަހަރެންނަކީ ޓީމު ނިކަމެތިކޮށްލި މީހަކަށް ވާތީ (ޒިންމާ ނަގަން)،" މެޗަށް ފަހު އޮނާނާ ބުންޏެވެ.
މެޗުގައި ހެދުނު ބޮޑު ގޯހަށް ފަހު އޮނާނާ މާޔޫސްވެފައި --- ފޮޓޯ: އޭއެފްޕީ
"ޓީމު ރަނގަޅު. އަހަންނަށް ހީވަނީ އަހަރެންގެ ސަބަބުންނޭ މި މެޗުން މޮޅުނުވެވުނީ. ޓީމުގެ މަސައްކަތަށް ވަރަށް އުފާވޭ. ކުރިއަށް ދާން ޖެހޭނީ... އަހަންނަށް މިއަދު ކާމިޔާބެއް ނުލިބުނު - އެއީ އަހަރެންގެ ސަބަބުން."
މި ސީޒަނުގައި އަގުބޮޑުކޮށް ޔުނައިޓެޑަށް ގެނައި ސްޓައިކަރު ރަސްމުސް ހޮއިލަންޑް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އޭނާގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ޖަހައި ދީފަ އެވެ.
ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަވެފައިވަނިކޮށް ބެޔާނަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ލީޑް ފުޅާ ކުރި އެވެ.
ކާލާސް ކަސެމީރޯ ޔުނައިޓެޑްގެ ފަހު ދެ ލަނޑު ޖެހި އެވެ. ބެޔާންގެ ހަތަރުވަނަ ލަނޑު ޖެހީ މެތިސް ހެންރީ ޓެލް އެވެ.
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
އާސެނަލްގެ ދަނޑަށް ބެޔާންގެ ސަޕޯޓަރުން ވަނުން މަނާ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާންގެ ވަޒީފާ ވެސް ޓުޗެލްއަށް ގެއްލުމުގެ ބިރު
ބޮޑު ހިތްދަތިކަން ސެވިއްޔާއަށް، އެއަށްފަހު ޔުނައިޓެޑަށް
އިސްތަންބޫލްގައި ޔުނައިޓެޑަށް ބިރުވެރި ހުވަފެނެއް