Roadha Mihaaru
ބެޔާންގެ ވަޒީފާ ވެސް ޓުޗެލްއަށް ގެއްލުމުގެ ބިރު

ބެޔާންގެ ވަޒީފާ ވެސް ޓުޗެލްއަށް ގެއްލިދާނެކަމުގެ ބިރު ބޮޑު

15 ފެބުރުއަރީ 2024

ރޯމް (ފެބްރުއަރީ 15) - ލާޒިއޯ އަތުން ވެސް ބަލިވުމުން، ބެޔާން މިޔުނިކްގެ ކޯޗު ތޯމަސް ޓުޗެލް އަށް އެ ކްލަބްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

ރޯމް (ފެބްރުއަރީ 15) - ލާޒިއޯ އަތުން ވެސް ބަލިވުމުން، ބެޔާން މިޔުނިކްގެ ކޯޗު ތޯމަސް ޓުޗެލް އަށް އެ ކްލަބްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގްގައި ރޭ ރޯމްގައި ކުޅުނު މެޗުން ބެޔާން ބަލިވީ 1-0 ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ލާޒީއޯގެ ޗީރޯ އިންމޯބިލޭއަށް ލިބުނު ޕެނަލްޓީއެއްގަ އެވެ.

މިއީ ހަފުތާއެއްގެތެރޭ ބެޔާން ބަލިވި ދެވަނަ މެޗެވެ. މިދިޔަ އާދިއްތަ ދުވަހު އެ ޓީމު ވަނީ، ބުންޑެސް ލީގާގައި މިހާރު ވާދަވެރި ބެޔާ ލެވަކޫސަން އަތުން ބަލިވެފަ އެވެ.

ޓުޗެލް ބެޔާންއާ ހަވާލުވެ، އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމުން ވަކި ކުރި ހޫލިއަން ނާގެލްސްމަން ބަލިވި އަދަދާ އެއްވަރަށް އެއަށް ވުރެ ކުރު މުއްދަތެއްގައި ބަލިވެފަ އެވެ.

ނާގެލްސްމަން ކޯޗު ކަމުން ވަކި ކުރި އިރު އޭނާ އަށް ސެންޓްރަލް ސްޓައިކަރެއް ވެސް ބެޔާނުން ހޯދައި ނުދެ އެވެ. އެކަމަކު މި ސީޒަނަށް ޓުޗެލްއަށް ބެޔާނުން ވަނީ އިނގިރޭސި ސްޓްއިކަރު ހެރީ ކޭން ވެސް ހޯދައި ދީފަ އެވެ. ނަމަވެސް ބެޔާންގެ މެނޭޖުމެންޓުން އުންމީދާ އެއްވަރަށް ޓުޗެލް އަށް ނަތީޖާއެއް ނުނެރެވެ އެވެ.

މިދިޔަ ދެ އަަހަރު ތެރޭ، ޓުޗެލް އަށް ވަނީ ބޮޑު ދެ ކްލަބެއްގެ ވަޒީފާ ގެއްލިފަ އެވެ. ޗެލްސީ އާއި ޕީއެސްޖީގެ ވަޒީފާ އޭނާ އަށް ގެއްލުނީ އެ ދެ ކްލަބްގެ މެނޭޖުމެންޓުން އުންމީދު ކުރިވަރާ ގަތަށް ކާމިޔާބު ހޯދައި ނުދެވުމުންނެވެ.