Roadha Mihaaru
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް

ސިޓީ އާއި އާސެނަލް ކަޓައި އިނގިރޭސިންނަށް މުބާރާތް ނިމިއްޖެ، ބެޔާނާއި ރެއާލް ސެމީއަށް

18 އެޕްރީލް 2024

މެންޗެސްޓާ (އޭޕްރީލް 18) – ޕެނަލްޓީ ޖަހައިގެން ރެއާލް މެޑްރިޑް އަތުން ބަލިވެ 4-3 ން ބަލިވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ، ޔޫއެފާ ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.

މެންޗެސްޓާ (އޭޕްރީލް 18) – ޕެނަލްޓީ ޖަހައިގެން ރެއާލް މެޑްރިޑް އަތުން ބަލިވެ 4-3 ން ބަލިވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ، ޔޫއެފާ ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.

އާސެނަލް 1-0 ން ބަލިކޮށް، ބެޔާން މިޔުނިކް ވެސް ވަނީ ސެމީގެ ޖާގަ ހޯދައިފަ އެވެ. އެއާ އެކު އިނގިރޭސިންނަށް ޗެމްޕިއަންސް ލީގު ވަނީ ނިމިފަ އެވެ.

މެންޗެސްޓާގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗަށް، ސިޓީ އާއި ރެއާލް ނުކުތް އިރު ދެ ޓީމު އޮތީ 3-3 އެގްރިގޭޓް ނަތީޖާއިން ހަމަހަމަކޮށެވެ. އެއީ މެޑްރިޑްގައި ކުޅުނު މެޗގެ ނަތީޖާ އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ނުކުތް އިރު އެ ޓީމު އޮތީ އިތުބާރާ އެކު، ދެވަނަ ލެގް މެޗުގެ ކުރިން އެ ޓީމުން ވަނީ ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ އަށް އަރައި ހަމަޖެހިލައިފަ އެވެ.

މެޗު ފެށިގެން 12 ވަނަ މިނެޓްގައި ރޮޑްރީގޯ ގޮއިސްގެ ލަނޑުން ރެއާލުން ލީޑް ނެގި އެވެ. ދެވަނަ ހާފުގައި ކެވިން ޑި ބްރައިނާ، ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީ، ދެވަނަ މެޗު ވެސް ފުރިހަމަ ވަގުތުގެ ތެރޭގައި އެއްވަރުވި އެވެ.

ދެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ފަރަގު ނުކުރެވުމުން ޖެހި ޕެނަލްޓީޝޫޓްއައުޓްގައި ސިޓީން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބު ވި އެވެ. އެއީ މަޓާއޯ ކޮވަސިޗާއި ބެނާޑޯ ސިލްވާ ފޮނުވާލި ޕެނަލްޓީތަކެވެ. ރެއާލްގައި ނާކާމިޔަބު ވީ ލުކަ މޮޑްރިޗް ޖެހި ޕެނަލްޓީ އެވެ.

މިހަފުތާގައި ޕްރިމިއާ ލީގުގެ އެއްވަނަ އަށް ދާން ލިބުނު ފުރުސަތު ގެއްލިގެން ދިއުމުގެ ހިތާމައިގެ މައްޗަށް އާސެނަލް އަށް އިތުރު ހިތާމައެއް ކުރިމަތިވީ މިޔުނިކުގައި ބެޔާން އަތުން ބަލިވުމުންނެވެ.

މި ސީޒަނުގައި ބެޔާނަށް ޑޮމެސްޓިކް ސީޒަންގެ ނަތީޖާ ގޯހެވެ. މެދުކެނޑުމެއް ނެތި ވިދިވިދިގެން 11 އަހަރު އެ ޓީމުން ހޯދި ޖަރުމަނު ލީގު އެ ޓީމަށް ގެއްލުމުގެ ޕްރެޝަރާ އެކު ބެޔާންފެ ފެންވަރާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

އެކަމަކު، ޗެމްޕިއަންސް ލީގުގައި އާސެނަލް އަށް ވުރެ ބެޔާންގެ ތަޖުރިބާ ބޮޑު ވާނެ އެވެ. ބެޔާނަށް އޮތީ އެ އެޑްވާންޓޭޖްކަމަށް މެޗުގެ ކުރިން ވެސް ފުޓްބޯޅަ ލިޔުންތެރިން ސިފަ ކޮށްފައިވެއެވެ. ކަން ވީ ވެސް އެހެންނެވެ. 61 ވަނަ މިނެޓްގައި ހޯޝުއާ ކިމިޗް މެޗުގެ ހަމައެކަނި ލަނޑު ބެޔާނަށް ޖަހައި ދިނެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަ ކުރާނީ ރެއާލް އާއި ބެޔާނެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީ އާއި ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ސެމީގެ ޖާގަ ހޯދައިފަ އެވެ.