Roadha Mihaaru
އިންޓްރެސްޓް އަނބުރާދީ، ކޮވިޑް ލޯން ދައްކަން ލުޔެއް

އެސްޑީއެފްސީގެ ކޮވިޑު ލޯނުގެ އިންޓްރެސްޓު ކަނޑާލައި ލޯނު ދައްކާ މުއްދަތު އިތުރުކޮށްފި

22 ސެޕްޓެމްބަރ 2023

ކޮވިޑުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު އެއްކޮށް ކަނޑާލައި، ކުރިން އިންޓްރެސްޓް ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު އެއްކޮށް ކަނޑާލައި، ކުރިން އިންޓްރެސްޓް ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިންގައި ހުވަދޫ ޖަގަހަ ހުޅުވުމަށް މާވެޔޮ މަގުގައި ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ މާލޭގައި ޑޯޓުޑޯއަށް ގޭގެއަށް ވަޑައިގަތުމުން ބައެއް ގޭގެއިން އެދުނު އެއް ކަމަކީ، ކޮވިޑުގެ ދުވަސްވަރު ދޫކުރި ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުމާއި އެ ލޯނުގެ އިންޓްރެސްޓް ކަނޑާލުމެވެ.

އެސްޑީއެފްސީން ނަގާފައިވާ ލޯންގެ އިންޓްރެސްޓް ތިޔަ ބޭފުޅުން ދައްކާކަށް ނުޖެހޭނެ. އަދި މިހާތަނަށް އިންޓްރެސްޓް ދައްކާފައި ތިބި މީހުންނަށް އެ ފައިސާ އަނބުރާ ދޭނަން. ލޯން އަނބުރާ ދައްކަން ޖެހޭ މުއްދަތު، މިހާރު އޮތް 10 އަހަރު އިތުރަށް އަޅުގަނޑުމެން ދަންމާލާނަން،" ރައީސް

ރައީސް ވަނީ އެސްޑީއެފްސީން ދޫކުރި ކޮވިޑު ލޯނުގެ އިންޓްރެސްޓް ކަނޑާލައި، އެ އިންޓްރެސްޓް ދައްކާފައި ތިބި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އޭގެ އިތުރުން، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު 10 އަހަރަށް ދަންމާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެސްޑީއެފްސީން ނަގާފައިވާ ލޯންގެ އިންޓްރެސްޓް ތިޔަ ބޭފުޅުން ދައްކާކަށް ނުޖެހޭނެ، އަދި މިހާތަނަށް އިންޓްރެސްޓް ދައްކާފައި ތިބި މީހުންނަށް އެ ފައިސާ އަނބުރާ ދޭނަން. ލޯން އަނބުރާ ދައްކަން ޖެހޭ މުއްދަތު، މިހާރު އޮތް 10 އަހަރު އަޅުގަނޑުމެން ދަންމާލާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ހުވަދޫ ޖަގަހަ ހުޅުވަން، މާވެޔޮ މަގުގައި ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ހުވަދޫ ޖަގަހަ ހުޅުވަން، މާވެޔޮ މަގުގައި ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ކޮވިޑުގެ ތެރޭގައި ގިނަ ބަޔަކަށް ލޯން ދޫކުރި އެވެ.

ވިޔަފާރިތައް ފަށަން މާލީ ގޮތުން އެހީވާން ހުޅުވި ބޭންކުން ގިނަ ލޯނުތައް ދޫކުރީ ކޮވިޑާ ގުޅިގެން ފުނޑެމުން ދިޔަ އެސްއެމްއީތައް ހިމާޔަތްކޮށް، ކޮޅަށް ޖެހުމުގެ މަސައްކަތަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތްކުރަން 2020 ގައި އެކަނި ވެސް އެސްޑީއެފްސީން 2،000 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށެވެ. ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނީ އިތުރު ދައުރެއް ލިބިގެން ކަމަށްވާތީ، އެ މަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގަތެވެ.