Roadha Mihaaru
ހަކުރުބަލި: ޕެންކްރިއާސް ކެންސަރުގެ އިންޒާރަކަށް ވެދާނެ

ހަކުރު ބައްޔަކީ ޕެންކްރިއާސް ކެންސަރުގެ ނިޝާނެއް ކަމަށް ވެދާނެ

08 ފެބުރުއަރީ 2017

ހަކުރު ބައްޔަކީ ޕެންކްރިއާސް ކެންސަރުގެ ނިޝާނެއް ކަމަށް ވެދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހަކުރު ބައްޔަކީ ޕެންކްރިއާސް ކެންސަރުގެ ނިޝާނެއް ކަމަށް ވެދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

އެމްސްޓަޑަމްގައި ބޭއްވި ޔޫރަޕިއަން ކެންސަ ކޮންގްރެސް އަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައި ވަނީ ދިރާސާގައި ބޭނުންކުރި ސާމްޕަލް ދެ ގްރޫޕްގެ މީހުންގެ ތެރޭގައި ވެސް 50 ޕަސެންޓް މީހުންނަކީ ޕެންކްރިއާސް ކެންސަރަށް ޑައިގްނޯޒްވުމުގެ ކުރީ އަހަރު ޓައިޕް 2 ޑައެބެޓީސް އަށް ޕޮޒިޓިވްވެ އެ ބައްޔަށް މުޅިން އަލަށް ބޭސް ބޭނުންކުރަން ފަށާފައިވާ މީހުން ކަމަށެވެ.

ޕެންކްރިއާސް އަށް ކެންސަރު ޖެހޭ މީހުންގެ ތެރެއިން ސަލާމަތްވުމުގެ ފުރުސަތު އޮންނަނީ ކޮންމެ 100 މީހެއްގެ ތެރެއިން ފަސް މީހަކަށެވެ. ޕެންކްރިއާސް އަށް ކެންސަރު ޖެހުމުން ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އެހާ ކުޑައީ ބަލީގެ އެންމެ ނުރައްކާ ހިސާބަށް ދިއުމުން ނޫނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުންނާތީ އެވެ.

"ހަކުރު ބައްޔާ ޕެންކްރިއާސް ކެންސަރަށް ގުޅުން ހުންނަކަން މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ދައްކާފައިވޭ. އެކަމަކު މި ގުޅުމުގެ ހަގީގަތް ދެނެގަތުން ވެފައި ވަނީ ވަރަށް އުނދަގޫ ކަމަކަށް،" ފްރާންސްގެ ލިއޯންގައި ހުންނަ އިންޓަނޭޝަނަލް ޕްރިވެންޝަން ރިސާޗް އިންސްޓްޓިއުޓްގެ ތަޖުރިބާކާރެއް ކަމަށްވާ އެލީސް ކޯކްލިން ވިދާޅުވި އެވެ.

އިންސިއުލިން އުފައްދާ ސެލް ހުންނަނީ ޕެންކްރިއާސްގަ އެވެ. ޓައިޕް 2 ގެ ހަކުރު ބަލި ޖެހެނީ މި ސެލްތަކުން އެކަށީގެންވާ ވަރަށް އިންސިއުލިން އުފައްދައި ނުދިނުމުން ނުވަތަ ސެލްތައް ރަނގަޅަށް މަސައްކަތް ނުކުރުމުންނެވެ.

ކޯކްލިން އާއި އޭނާގެ ޓީމުގެ ދިރާސާގައި ބެލްޖިއަމުން، ޓައިޕް 2 ޑައެބެޓީސް ހުރި 368،377 މީހުން ބައިވެރިކޮށްފައިވެ އެވެ. އަދި އިޓަލީން 456،311 މީހުން ބައިވެރިކުރި އެވެ.