ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާއާ އިއްޔެ ކައިވެނިކޮށްފި އެވެ.
ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާދާއާ އިއްޔެ ކައިވެނިކޮށްފި އެވެ.
އެމީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ އުދެއިޕޫރުގަ އެވެ. އެ ކައިވެނީގެ އެެއްވެސް ފޮޓޯއެއް ޕަރިނީތީ އަދި ސޯޝަލް މީޑިއާގައި ހިއްސާނުކުރެ އެވެ.
އެ ކައިވެނީގެ ހަފުލާގައި ކަރަން ޖޯހަރާއި މަނީޝް މަލްހޯތުރާ އަދި ދިއާ މިރްޒާ ކަހަލަ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ވެސް ބައިވެރިވި އެވެ.
ނަމަވެސް، ޕަރިނީތީއާ ދެބެންގެދެދަރި އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އެ ކައިވެންޏަކަށް ނުދެ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ޕްރިޔަންކާ އެ ކައިވެންޏަށް ނުދިޔައީ މަސައްކަތުގައި އަވަދިނެތި އުޅޭތީ އެވެ. ޕްރިޔަންކާއަށް ނުދެވުނު ނަމަވެސް، އޭނާގެ މަންމަ މަދޫ ޗޯޕްރާ އެ ހަފުލާގައި ބައިވެރިވި އެވެ.
ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނުތާ ގިނަ ދުވަސްތަކެއްވީ ފަހުން، ޕަރިނީތީ އާއި ރާގަވް އެންގޭޖުވީ މިދިޔަ މެއި މަހު 13 ގަ އެވެ.
ޕަރިނިތީ، 34، އާއި ރަގަވް، 34، އަކީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްސްގައި ކިޔެވިއިރު، ކްލާސްމޭޓުންނެވެ. އޭރުއްސުރެ އެ މީހުންނަކީ ވަރަށް ގާތް ރައްޓެހިންނެވެ.
ރަގަވް އަކީ އިންޑިއާގެ ޕަންޖާބުގެ، ރަޖްޔާ ސާބާ ޕާލަމެންޓުގެ އެންމެ ހަގު މެންބަރެވެ. އޭނާ ވަނީ މީގެ ކުރިން ދިއްލީގެ ސިޔާސީ އިސް މަގާމުތައް އަދާކޮށްފަ އެވެ.
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
ޕަރިނީތީގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަނީ
ޕަރިނީތީގެ ކައިވެނި އަންނަ މަހުގެ 25 ގައި
ނުވެސް އެނގި ތިއްބާ ރާޖް އާއި ސަމަންތާ ކައިވެނިކޮށްފި
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިދާތު އާއި އަދިތީ ކައިވެނިކޮށްފި
ރާގާވްއާ އިން ފަހުން ސިޔާސީ ކަންކަން ބަލަން: ޕަރިނީތީ