Roadha Mihaaru
ޕަރިނީތީގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަނީ

ޕަރިނީތީގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަނީ

26 ސެޕްޓެމްބަރ 2023

މިދިޔަ އާދިއްތަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރު ރަގަވް ޗާދާގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަން ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރު ރަގަވް ޗާދާގެ ވެޑިން ޕާޓީ ތިން ތަނެއްގައި ބާއްވަން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދިއްލީ އާއި ބޮންބޭގެ އިތުރުން ޗަންދިގަރުގައި ވެސް އެ މީހުންގެ ވެޑިން ޕާޓީއެއް ބާއްވާނެ އެވެ.

ދިއްލީގައި ބާއްވާ ޕާޓީގައި ބައިވެރިވާނީ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ރަގަވްގެ ރައްޓެހިންނެވެ. އަދި ބޮންބޭގައި ބާއްވާ ޕާޓީގައި ބައިވެރިވާނީ ފިލްމީ ދާއިރާގައި އުޅޭ ޕަރިނީތީގެ ރައްޓެހިންނެވެ.

އަންނަ ހޮނިހިރު ދުވަހު ޗަންދިގަރުގައި ބާއްވާ ވެޑިން ޕާޓީގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނެވެ.

ޕަރިނީތީ އާއި ރަގަވްގެ ކައިވެނީގެ ހަފުލާ ބޭއްވީ އުދެއިޕޫރުގައި ހުންނަ ލަގްޒަރީ ހޮޓަލެއް ކަމަށްވާ ދަ ލީލާ ޕެލެސްގަ އެވެ. އެ ހަފުލާގައި ދެ ފަރާތުގެ އާއިލާ އާއި ބައެއް ރައްޓެހިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ފިލްމީ ފަންނާނުންނާއި ސިޔާސީ މީހުން ވެސް ހިމެނެ އެވެ.

ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނުތާ ގިނަ ދުވަސްތަކެއްވީ ފަހުން، ޕަރިނީތީ އާއި ރަގަވް އެންގޭޖުވީ މިދިޔަ މެއި މަހު 13 ގަ އެވެ.

ޕަރިނިތީ، 34، އާއި ރަގަވް، 34، އަކީ އިނގިރޭސި ވިލާތުގެ ލަންޑަންގެ ސްކޫލް އޮފް އިކޮނޮމިކްސްގައި ކިޔެވިއިރު، ކްލާސްމޭޓުންނެވެ. އޭރުއްސުރެ އެ މީހުންނަކީ ވަރަށް ގާތް ރައްޓެހިންނެވެ.

ރަގަވް އަކީ އިންޑިއާގެ ޕަންޖާބުގެ، ރަޖްޔާ ސާބާ ޕާލަމެންޓުގެ އެންމެ ހަގު މެންބަރެވެ. އޭނާ ވަނީ މީގެ ކުރިން ދިއްލީގެ ސިޔާސީ އިސް މަގާމުތައް އަދާކޮށްފަ އެވެ.