ބޮލީވުޑްގެ އެކްޓަރު ވިކްރާންތު މަސީގެ އަންހެނުން ޝީތަލް ޓާކުރު، އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެއިން ކަން އިއްޔެ އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓަރު ވިކްރާންތު މަސީގެ އަންހެނުން ޝީތަލް ޓާކުރު، އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ބަލިވެއިން ކަން އިއްޔެ އިއުލާންކޮށްފި އެވެ.
އަންހެނުން ބަލިވެއިން ކަން ވިކްރާތު އިއުލާންކުރީ އެ ދެމަފިރިންގެ ކައިވެނީގެ ފޮޓޯއަކާ އެކު ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.
"މިއީ އާ ފެށުމެއް،" އެ ޕޯސްޓުގެ ކެޕްޝަންގައި ވިކްރާންތު ލިޔެފައިވެ އެވެ.
ވިކްރާންތު އާއި ޝީތަލް ކައިވެނި ކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހުގަ އެވެ. އެ ދެމީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތް އަހަރުވީ ފަހުންނެވެ.
ވިކްރާންތު އެންމެ ފުރަތަމަ މަޝްހޫރުވީ 2008 ގައި ގެނެސްދިން ހިންދީ ޑްރާމާ ސިލްސިލާ "ދަރަމް ވީރު" އިންނެވެ. އޭގެ ފަހުން "ބަލިކާ ވަދޫ" އާއި "ގުބޫލް ހޭ" ކަހަލަ މަޝްހޫރު ހިންދީ ޑްރާމާތަކުގައި އޭނާ މަސައްކަތް ކުރި އެވެ.
އޭނާ ބޮލީވުޑަށް ތައާރަފުވީ 2013 ގައި ނުކުތް ރަންވީރު ސިންގް އާއި ސޮނާކްޝީ ސިންހާ ލީޑު ރޯލު ކުޅުނު ފިލްމު "ލުޓޭރާ" އިންނެވެ.
ބޮލީވުޑަށް ތައާރަފުވި ފަހުން ވިކްރާންތު ވަނީ ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދިލް ދަޅަކްނޭ ދޯ" އާއި "ޗަޕާކް" އާއި "ލިޕްސްޓިކް އަންޑާ މައި ބުރްކާ" އަދި "ހަސީން ދިލްރުބާ" ހިމެނެ އެވެ.
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ރަންދީޕަށް ކުއްޖަކު ލިބެނީ
ސިޑް އާއި ކިއާރާގެ ދަރިފުޅަށް ކިޔަނީ "ސަރާޔާ"
ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ "ނީރް"
ކައިވެންޏަށް ވަކި މުއްދަތެއް އޮންނަން ޖެހޭ: ކާޖޮލް
ރަޝްމިކާއާ މެދުގައި ފަހުރުވެރިވޭ: ވިޖޭ
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ދަރިއެއް
ޕަރީ އާއި ރާގަވްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ބާރުތީއަށް ދެވަނަ ކުއްޖަކު ލިބެނީ