05 ފެބުރުއަރީ 2017
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާ ސަހަރާގައި އަލުން ވަޅުލެވޭ ގޮތް ހަދައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާ ސަހަރާގައި އަލުން ވަޅުލެވޭ ގޮތް ހަދައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.
މިހާރު ޖަލުގައި ހުންނެވި މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި 1 އިން ފެށިގެން މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ސަރުކާރުން ނިންމުމަކީ މައްޔިތާގެ އާއިލާއަށާއި ގާތް އެކުވެރިންނަށާއި ހެޔޮ އެދޭ މީހުންނަށް ލިބުނު ހިތްދަތިކަމަކާއި ހިތާމައެއް ކަމަށެވެ.
ސަރުކާރުގެ ނިންމުމުގެ ސަބަބުން ހުޅުމާލެއަށް ގޮސް ޖަނާޒާގައި ބައިވެރިވެ، އެންމެ ފަހުގެ އިހްތިރާމް އަދާކޮށް ހެޔޮ ދުއާ ކުރުމުގެ ފުރުސަތު އޮންނާނީ އާއިލާގެ މަދު ބަޔަކާއި އެކުވެރިންގެ މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ ވިސްނުމުން ދުރުހެލިވެ، ސަރުކާރުގެ ނިންމުން ބަދަލުކުރަން މަހްލޫފް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ގޮވާއްލައްވައިފި އެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގަައި މަރުވާ އާންމުން ހުޅުމާލޭގައި ވަޅުލެވޭ ގޮތް ހެދިއިރު، ދައުލަތުގެ އިއްޒަތްތެރިންނާއި ތަނަވަސް މީހުންނާއި ނުފޫޒު ގަދަ އާއިލާތަކުގެ މެމްބަރުންގެ ޖަނާޒާ އަދިވެސް ބާއްވާނީ މާލޭގަ އެވެ.
"އޭގެ އެއް މިސާލަކީ މިހާރު ވެސް އިސްލާމީ މަރުކަޒުގައި ކަށުނަމާދު ހަމަޖެހެނީ ވަކި ފެންވަރެއްގެ، ވަކި ފަންތިއެއްގެ ބަޔަކަށް ނޫން ނަމަ، އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުން އޮންނަ ފަރާތްތަކަށް އެކަނި ކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަކުރަމެވެ،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާތްވެގެންވާ ހަރަމްފުޅުގައި ވަކި ގައުމަކާއި ކުލައަކާއި ނަސްލަކާއި ގިންތިއެއް ބެލުމެއް ނެތި ކަށުނަމާދު ކުރަމުންދާއިރު، މިފަދަ ކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހެ އެވެ.
"(މާލެ-ހުޅުލެ) ބްރިޖު 2018 ގެ މެދުތެރޭގައި ނިންމޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ހިނދު، އިސްލާމިކް މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު، އަދިވެސް އާ ސަހަރާގައި ވަޅުލެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އާދޭހާ އެކު އަޅުގަނޑު ގޮވާލަމެވެ،" މަޖިލީހުގެ ލެޓާހެޑްގައި ނެރުއްވި ބަޔާނުގައި މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްޔިތާގެ ހަށިގަނޑު ކަނޑު މައްޗަށް އެރުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޒަމާނުއްސުރެ ދިވެހިން ގަބޫލުކުރަމުން އަންނަ ކަމަށެވެ. އެމީހަކު މަރުވާ ބިމެއްގައި ވަޅުލުމަކީ އިސްލާމް ދީނުގައި އެންމެ ރަނގަޅު ގޮތް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އާ ސަހަރާގައި ވަޅުލުން ހުއްޓާލަން ނިންމީ މާލޭގައި ހުރި ސަހަރާތައް ފުރި، ޖާގައިގެ ދަތިކަން ކުރިމަތިވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު އާ ސަހަރާގައި މީހުން ވަޅުލާނެ އެއް ބްލޮކް އަދިވެސް އެބަ އޮތެވެ. ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވެސް އެ ތަން ބޭނުންކުރެވޭނެ ކަމަށް، ޖަނާޒާތަކުގައި ބައިވެރިވާ ބައެއް މީހުން ބުނެ އެވެ.
މާލޭގައި މީހުން ވަޅުލާން މިރޭ އަލުން ފަށަނީ
މައްޔިތުން އުފުލާ ފެރީ އަލުން ހިދުމަތަށް ނެރެފި
މައްޔިތުން އަލުން ހުޅުމާލެ އަށް، ޝަކުވާ އެބަ ހުރި
މައްޔިތާއާ އެކު ހުޅުމާލެ އަށް ދެވޭނީ ތިން މީހުންނަށް
އާ ސަހަރާގައި ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން:ރައީސް
މައްޔިތުން އުފުލާ ފެރީ ހަލާކުވެ އިތުރު ބުރައެއް
މާލޭގައި ވަޅުލުން ހުއްޓާލައި ހުޅުމާލެއަށް ބަދަލުކޮށްފި
އާސަހަރާގެ ބަދަލުގަ ހުޅުމާލޭގައި މީހުން ވަޅުލަން ފަށަނީ
ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއެއް ހިންގަނީ
ކަނޑުންނާއި ފަޅުން ދިން ގޯތި އަތުލަންޖެހޭ: އައްބާސް