Roadha Mihaaru
ސްޕެޝަލް އެޑިއުކޭޝަނަށް ސަރުކާރުގެ ސްކޮލަޝިޕްތަކެއް

ސްޕެޝަލް އެޑިއުކޭޝަންގެ ކޯސްތަކަށް ސަރުކާރުގެ ސްކޮލަޝިޕްތަކެއް

26 ސެޕްޓެމްބަރ 2023

ސަރުކާރުގެ ހަރަދުގައި އިންކްލޫސިވް އެޑިއުކޭޝަންގެ ކޯސްތަކެއް ހެދުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސަރުކާރުގެ ހަރަދުގައި އިންކްލޫސިވް އެޑިއުކޭޝަންގެ ކޯސްތަކެއް ހެދުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

އިނގިރޭސި ވިލާތުގައި ކިޔެވުމަށް ހުޅުވާލިީ، މާސްޓާސް އޮފް އޯޓިޒަމްގެ ހަތަރު ފުރުސަތާއި މާސްޓާސް އޮފް އެޑިއުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީގެ ތިން ފުރުސަތެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕް ދިނުމުގެ މަގުސަދަކީ ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް އުނގަންނައިދޭ ޓީޗަރުން ތަމްރީނުކޮށް، ބިނާކުރުން ކަމަށެވެ.

ތަމްރީނު ލިބިފައިވާ ޓީޗަރުންގެ ސަބަބުން، އުނގެނުމުގައި ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންގެ ދިރިއުޅުން ރަނގަޅުކޮށް ރާއްޖޭގައި މިހާރަށް ވުރެ ހުރިހާ ކުދިންނާއި މީހުން ޝާމިލްކުރުމުގެ މުޖުތަމައެއް ބިނާކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ކޯސްތަކުގެ ޝަރުތަކީ ކޯހާ ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައިވުމާ އެކު، ސަރުކާރު ސްކޫލެއްގައި މަދުވެގެން ދެ އަހަރު މަސައްކަތް ކޮށްފައި ވުމެވެ.

ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ އެ ސްކޮލަށިޕްގައި ކިޔަވައި ނިމިގެން ރާއްޖެ އައުމުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތައުލީމު ދިނުމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.

އެ ސްކޮލާޝިޕަށް އެދި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:30 އަށް ހުށަހެޅޭނެ އެވެ. ފޯމު ހުށަހަޅާނީ "މައި އެޑިޔު" ޕޯޓަލް މެދުވެރިކޮށެވެ.