Roadha Mihaaru

މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު

މިއަހަރުގެ މިހާތަނަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 އޮކްޓޯބަރ 2024

މިއަހަރުގެ މިހާތަނަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް 53 ސްކޮލާޝިޕް ސްކީމް އިއުލާންކޮށް، 345 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި އަހަރު އިއުލާނުކުރި ސްކޮލަޝިޕްތައް

- އޭލެވެލް އިމްތިހާނުތަކުން އެއް ވަނަ ދަރަޖައިން ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލަޝިޕް

- ހައި އެޗީވާސް ސްކޮލާޝިޕް

- އެކައުންޓިން ސްކޮލާޝިޕް

މިހާތަނަށް އިއުލާން ކޮށްފައިވާ ސްކޮލާޝިޕްގެ ފުރުސަތުތަކުގެ ދަށުން 681 ދަރިވަރުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ކިޔަވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރު ސްކޮލާޝިޕް ދޫކޮށްފައިވާ ޗައިނާ އާއި ތުރުކީ އާއި އިނގިރޭސިވިލާތާއި އަދި ޖަޕާން ފަދަ ބޭރުގެ ގައުމުތަކުގައި ކިޔަވާ ދަރިވަރުން ކިޔަވަމުން އަންނަނީ ހުރިހާ ހަރަދަކާއެކު އެ ގައުމުތަކުގައި ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގަ އެވެ.