ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރަން ރާއްޖެއަށް ދޭން ނިންމާފައިވާ 24 ސްކޮލާޝިޕްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
10 ސެޕްޓެމްބަރ 2020
ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރަން ރާއްޖެއަށް ދޭން ނިންމާފައިވާ 24 ސްކޮލާޝިޕްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ގައުމުގައި މަތީ ތައުލީމު ހާސިލް ކުރުމާ ގުޅޭ "އެކްސްޖޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ، މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހަރަކާތްތެރިވާ ދެ އިދާރާގެ އިސްވެރިންގެ މެދުގައި ވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) ގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ އެވެ.
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަ ދިވެއްސަކަށް ޖަޕާނުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ޖައިކާ އިން ދޭނެ އެވެ. "ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލާޝިޕް ބައި ޖަޕަނީސް ގްރާންޓް އެއިޑް" ގެ ދަށުން ތައުލީމް ހާސިލްކުރާ 24 ދަރިވަރުންނަށް ޖުމްލަ 1.2 މިލިއަން ޑޮލަރު (18,480,000 ރުފިޔާ) ހޭދަކުރާނެ އެވެ.
ޖަޕާނުން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް އެކި ގޮތް ގޮތުން އަދި އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްފީފަ އެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ޔުނިސެފު މެދުވެރިކޮށް 356،400 ޑޮލަރުގެ އެހީއަކާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 185،000 ޑޮލަރުގެ އެހީއެއް އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ޖަޕާނުން ރާއްޖެ ދީފައި ވެ އެވެ.
މަތީ ތައުލީމަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ޖަޕާނުން ރާއްޖެއަށް މަތީ ތައުލީމުގެ ސްކޮލަޝިޕް ދެނީ
އަލިފާނުގައި ގެއްލުންވި ދެ ދަރިވަރަކަށް ސްކޯލާޝިޕް ދީފި
ކޯޕަރޭޓް ސްކޮލަޝިޕާއެކު މަތީ ތައުލީމްގެ އާ ފުރުސަތެއް
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
މި އަހަރު 300 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު
ޖަޕާނުން ރާއްޖެ އަށް 15 މިލިއަން ރުފިޔާ ދީފި
ރައީސްގެ ހާއްސަ ސްކޮލާޝިފް 19 ދަރިވަރަކަށް
ހުރިހާ ހަރަދެއް ޖަޕާނު ސަރުކާރުންދޭ ސްކޮލާޝިޕްތަކެއް
ޗައިނާގައި ކިޔަވަން 200 ސްކޮލާޝިޕަށް ހުޅުވާލައިފި