Roadha Mihaaru
ހިންގުމުގެ ދާއިރާގެ ދިވެހިންނަށް ހާއްސަ އެވޯޑެއް ދެނީ

ހިންގުމުގެ ދާއިރާގައި އުޅޭ ދިވެހިންނަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

05 ފެބުރުއަރީ 2017

ޓޫރިޒަމް ސިނާއަތަށް އަމާޒުކޮށް، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިންނަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޓޫރިޒަމް ސިނާއަތަށް އަމާޒުކޮށް، ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިންނަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.

"މޯލްޑިވްސް ލީޑާސް އިން ހޮސްޕިޓެލިޓީ އެވޯޑްސް 2017" ދެނީ ހިއުމަން ރިސޯސަސް (އެޗްއާރު) ދާއިރާގެ ސެމިނާތަކާއި ވޯކްޝޮޕްތަކުގެ އިތުރަށް، އޮންލައިން މަޖައްލާއެއް ވެސް ނެރޭ އެޗްއާރު މޯލްޑިވްސް އިންނެވެ. މި އެވޯޑުގެ ބޭނުމަކީ، އެ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޓޫރިޒަމްގެ އެކި ދާއިރާތައް ހިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ދިވެހިންގެ އަގުވަޒަން ކުރުމެވެ.

ހޮސްޕިޓެލިޓީ އެވޯޑްސްގައި ތިން ދަރަޖައެއްގެ ޖުމްލަ 56 އެވޯޑް ދޭން ވަނީ ނިންމައިފަ އެވެ. އެއީ:

ގޯލްޑް އެވޯޑްސް:

1. އަހަރުގެ އެންމެ ރަނގަޅު ޖެނެރަލް މެނޭޖަރު

2. އަހަރުގެ އެންމެ ރަނގަޅު ރެސިޑެންޓް މެނޭޖަރު/އެގްޒެކެޓިވް އެސިސްޓެންޓް

3. އަހަރުގެ އެންމެ ރަނގަޅު މެނޭޖަރު

* ގޯލްޑް ލީޑަރު އެވޯޑް - އިންޖިނިއަރިން

* ގޯލްޑް ލީޑަރު އެވޯޑް - ފިނޭންސް

* ގޯލްޑް ލީޑަރު އެވޯޑް - ފުޑް އެންޑް ބެވަރޭޖަސް

* ގޯލްޑް ލީޑަރު އެވޯޑް - ފްރަންޓް އޮފީސް

* ގޯލްޑް ލީޑަރު އެވޯޑް - ހައުސްކީޕިން

* ގޯލްޑް ލީޑަރު އެވޯޑް - ހިއުމަން ރިސޯސަސް

* ގޯލްޑް ލީޑަރު އެވޯޑް - ރެކްރިއޭޝަން އެންޑް ވެލްނެސް

* ގޯލްޑް ލީޑަރު އެވޯޑް - ސޭލްސް އެންޑް މާކެޓިން

ސިލްވަ އެވޯޑްސް:

* އިންޖިނިއަރިން އެންޑް މެއިންޓެނަންސް

* ފިނޭންސް

* ފުޑް އެންޑް ބެވަރޭޖަސް

* ފްރަންޓް އޮފީސް

* ހައުސްކީޕިން

* ހިއުމަން ރިސޯސަސް

* ރެކްރިއޭޝަން، ހެލްތު އެންޑް ވެލްނެސް

* ސޭލްސް އެންޑް މާކެޓިން

ވަޒީފާ ދޭ ފަރާތްތަކަށް ދޭ އެވޯޑުތައް:

* މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް ބަލާ ތަން

* މުވައްޒަފުން ތަމްރީނު ކުރުމާއި ތަރައްގީ ކުރުމަށް އެންމެ ބޮޑަށް އިސްކަން ދޭ ތަން

* ތަފާތު ވައްތަރުގެ މުވައްޒަފުން ގެންގުޅޭ ތަން

* ހުނަރު ތަރައްގީ ކުރުމަށް އެންމެ ރަނގަޅު އުސޫލެއް ގެންގުޅޭ ތަން

* މުވައްޒަފުންގެ އަގު އެންމެ ރަނގަޅަށް ވަޒަންކުރާ ތަން

* އެޗްއާރު ދާއިރާގެ ޓެކްނޮލޮޖީ އެންމެ ރަނގަޅަށް ބޭނުންކުރާ ތަން

* އެންމެ ރަނގަޅު މަސައްކަތުގެ މާހަައުލެއް އޮންނަ ތަން

* ވަޒީފާ އަދާކުރަން އެންމެ ކަމުދާ ބްރޭންޑް

* ޒުވާނުން ތަމްރީނުކޮށް، ވަޒީފާ ހޯދައި ދޭން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ތަން

* ވަޒީފާ ދިނުމުގައި އެންމެ ރަނގަޅު އުސޫލުތަކެއް ގެންގުޅޭ ތަން

* މުވައްޒަފުންގެ މެދުގައި އެންމެ ރަނގަޅަށް މުއާމަލާތް ކުރާ ތަން

* އެންމެ ބޮޑަށް މުވައްޒަފުން ބައިވެރިކޮށްގެން މަސައްކަތް ކުރާ ތަން

* އެންމެ ރަނގަޅަށް އެޗްއާރު ކޮންސަލްޓެންސީ ދޭ ފަރާތް

* އެންމެ ރަނގަޅު އެމްޕްލޯއިމަންޓް އެޖެންސީ

* އެންމެ ރަނގަޅަށް ހިދުމަތް ދޭ ތަން

* އަހަރުގެ އެންމެ ރަނގަޅު އެޗްއާރު ޓީމް

މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެ ކަމަށް ބޭނުންވާ ފޯމާއި މައުލޫމާތު މި އެވޯޑަށް ހާއްސަކޮށް ހަދާފައިވާ ވެބްސައިޓުން ލިބޭނެ އެވެ.

HR Maldives Awards – Pioneer in HR Awards

HR Maldives Awards – Pioneer in HR Awards

BeTea | Best WordPress theme for tea lovers

ހޮސްޕިޓެލިޓީ އެވޯޑްސްގެ ވެބްސައިޓް.

ޓޫރިޒަމް އިޝްތިހާރު ކުރާ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ވެސް ބަލައިގަނެފައިވާ ހޮސްޕިޓެލިޓީ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ، އެޗްއާރު މޯލްޑިވްސް އިން ބުނި ގޮތުގައި، އަންނަ އޮގަސްޓް 5 ގައި ރާއްޖޭގެ ރިސޯޓެއްގަ އެވެ. އެކަމަކު، އެ ހަފުލާ ބާއްވާނެ ވަކި ރިސޯޓެއް އަދި ނުނިންމަ އެވެ.

މި އެވޯޑުގެ ސްޕޮންސަރުންގެ ތެރޭގައި އެމްސެވަން ޕްރިންޓާއި މަންދު ކޮލެޖާއި މެޑް ޕްލަސް އާއި ކޮކާކޯލާ އަދި އެޕިކަލް ހިމެނެ އެވެ.