Roadha Mihaaru
މުވައްޒަފުން ބިނާ ކުރުމުގެ އެވޯޑު ހޮލިޑޭ އިން ރިސޯޓަށް

މުވައްޒަފުން ބިނާ ކުރުމުގެ އެވޯޑު ހޮލިޑޭ އިން ރިސޯޓަށް

03 ފެބުރުއަރީ 2020

މުވައްޒަފުން ބިނާ ކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ރިސޯޓަށް ކޮންމެ އަހަރަކު "ހިޔުމަން ކެޕިޓަލް އޮފް އެޗްއާރު" އިން ދޭ "ސްޓާފް ރިކްރިއޭޝަން ޓީމް އޮފް ދަ އިޔާ" ގެ އެވޯޑު ހޮލިޑޭ އިން ކަނޑޫމާ ރިސޯޓަށް ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މުވައްޒަފުން ބިނާ ކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ރިސޯޓަށް ކޮންމެ އަހަރަކު "ހިޔުމަން ކެޕިޓަލް އޮފް އެޗްއާރު" އިން ދޭ "ސްޓާފް ރިކްރިއޭޝަން ޓީމް އޮފް ދަ އިޔާ" ގެ އެވޯޑު ހޮލިޑޭ އިން ކަނޑޫމާ ރިސޯޓަށް ލިބިއްޖެ އެވެ.

މި އެވޯޑު އެ ރިސޯތަށް ލިބިފައިވަނީ މުވައްޒަފުން ކުރިއަރުވައި މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ހުޅުވައިދިނުމުގައި ރިސޯޓުގެ އެޗްއާރު ޓީމުން ކުރާ މަސައްކަތަށެވެ. މިއީ ރިސޯޓާއި ވިޔަފާރި ކުރިއެރުވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ހޮލިޑޭ އިންގެ މާކެޓިން އެންޑްކޮމިއުނިކޭޝަންސް މެނޭޖަރު ރަމޭޝާ ސަމަރަސިންހެ ވިދާޅުވި އެވެ.

މުވައްޒަފުން ބިނާ ކުރުމުން ހޮލިޑޭ އިން ރިސޯޓަށް ލިބުނު އެވޯޑު-- ފޮޓޯ: ހޮލިޑޭ އިން

މުވައްޒަފުން ބިނާ ކުރުމުން ހޮލިޑޭ އިން ރިސޯޓަށް ލިބުނު އެވޯޑު-- ފޮޓޯ: ހޮލިޑޭ އިން

މުވައްޒަފުން ބިނާ ކުރުމުގެ އިތުރުން އެންމެ އެޗްއާރު ލީޑަރުގެ އެވޯޑު ވެސް ލިބިފައިވަނީ އެ ރިސޯޓުގެ އެޗްއާރު މެނޭޖަރު އަހުމަދު ޝަޒީން އަށެވެ. މި ދެ އެވޯޑަކީ ވެސް އެ ރިސޯޓަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ހޮލިޑޭ އިން ރިސޯޓުން ދެކެ އެވެ.

އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯސެފް ވިދާޅުވީ ޝަޒީންއަކީ ރިސޯޓުގެ މުވައްޒަފުން ކުރިއެރުވުމަށް ނުހަނު ގިނަގުނަ މަސައްކަތްތައް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެ ރިސޯޓުގެ އެޗްއާރު ޓީމުގެ މަސައްކަތުން އެ ރިސޯޓަކީ މުވައްޒަފުން މަސައްކަތް ކުރާ ހިތްވާ ފަދަ މާހައުލެއް އޮތް ރިސޯޓަކަށް ހަދާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހޮލިޑޭ އިންގެ އެޗްއާރު މެނޭޖަރު (މ) އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު (ވ) އާއި އެގްޒެކެޓިވް އެސިސްޓެންޓް މެނޭޖަރު (ކ) އާއެކު-- ފޮޓޯ: ހޮލިޑޭ އިން

ހޮލިޑޭ އިންގެ އެޗްއާރު މެނޭޖަރު (މ) އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު (ވ) އާއި އެގްޒެކެޓިވް އެސިސްޓެންޓް މެނޭޖަރު (ކ) އާއެކު-- ފޮޓޯ: ހޮލިޑޭ އިން

ހޮލިޑޭ އިން ރިސޯޓުން ވަނީ މި ކާމިޔާބީ ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ރާވައިފަ އެވެ. އެގޮތުން، "ސެލެބްރޭޓް ސާވިސް ވީކް"ގެ ނަމުގައި ކުޅިވަރުގެ ހަރަކާތްތަކާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މިއީ މުވައްޒަފުން ކުރާ މަސައްކަތަށް ޝުކުރުވެރިވުމުގެ ގޮތުން ފާހަގަކުރާ ހަފްޓާއެއް ކަމަށް ހޮލިޑޭ އިން ރިސޯޓުން ބުނެ އެވެ.

މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އެ ރިސޯޓު ހިންގާ އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން "ގިވިން ފޯ ގުޑް"ގެ ނަމުގައި ޗެރިޓީ ހަރަކާތްތަކާއި ގަސް އިންދުން ފަދަ ހަރަކާތްތައް މި އަހަރު ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.