Roadha Mihaaru
ނިއުކާސަލުން ސިޓީ ލީގު ކަޕުން ބޭރުކޮށްލައިފި

ރަނަރަފް ނިއުކާސަލުން ސިޓީ ލީގު ކަޕުން ބޭރުކޮށްލައިފި

28 ސެޕްޓެމްބަރ 2023

ނިއުކާސަލް (ސެޕްޓެމްބަރު 28) - އިނގިރޭސި ލީގު ކަޕްގައި ރޭ އެންމެ ފަހުގެ ރަނަރަފް ނިއުކާސަލް ޔުނައިޓެޑުން، 1-0 ން މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުން ކަޓުވާލައިފި އެވެ.

ނިއުކާސަލް (ސެޕްޓެމްބަރު 28) - އިނގިރޭސި ލީގު ކަޕްގައި ރޭ އެންމެ ފަހުގެ ރަނަރަފް ނިއުކާސަލް ޔުނައިޓެޑުން، 1-0 ން މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުން ކަޓުވާލައިފި އެވެ.

މުބާރާތް އަށް ފަހަރު ކާމިޔާބު ކުރި ސިޓީން މެޗަށް ނުކުތީ މުހިންމު ކުޅުންތެރިން ނުލަ އެވެ. އާލިންގް ހާލަންޑާ ކައިލް ވޯކާ ތިބީ ބެންޗުގަ އެވެ. ފިލް ފޮޑެން ކުޅެން ނުކުތީ އެންމެ ފަހު 15 ވަރަކަށް މިނެޓަށެވެ.

އެކަމަކު އެ ކުޅުންތެރިންނާ ނުލައި ވެސް ސިޓީން ފުރަތަމަ ހާފުގައި އެ ޓީމުގެ މަޝްހޫރު ބޯޅަ ޕޮޒެޝަން ޑޮމިނޭޓްކޮށްގެން ކުޅުނެވެ. ނަތީޖާ ބަދަލެއް ނުކުރެވުނެވެ.

ނިއުކާސަލް އަށް ލަނޑު ޖަހައިދިން އިސާކް --- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް އަށް ލަނޑު ޖަހައިދިން އިސާކް --- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގެ ކުރީކޮޅު އެލެގްޒެންޑާ އީސާކު ވަނީ ނިއުކާސަލްގެ ލަނޑު ޖަހައިފަ އެވެ. މި ގޯލް ޖެހުމުގައި ޖޯލިންޓަން މުހިންމު ދައުރެއް އަދާކުރި އެވެ. ސިޓީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާ، އިސާކް އަށް ބޯޅަ ތަނަވަސްކޮށް ދިނީ ސިޓީގެ ހަތަރު ޑިފެންޑަރުންނަށް ވެސް ފުރުސަތު ނުދީ އެވެ.

ސިޓީގެ ހޫލިއަން އަލްވަރޭޒަށް ވެސް ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އެކަމަކު އެ ދެ ހަމަލާ ވެސް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ހުއްޓުވި އެވެ.

ސިޓީން 68 ޕަސަންޓް ބޯލް ޕޮޒެޝަން ކޮންޓްރޯލްކޮށްގެން ކުޅުނަސް އެ ޓީމު ފޮނުވާލި ހަމަލާތަކުގެ އަދަދު ނިއުކާސަލް އަށް ވުރެ މަދެވެ.

މުބާރާތުގެ ގަދަ 16 ގައި ނިއުކާސަލް ވާދަކުރަން ޖެހޭނީ މިދިޔަ އަހަރު ފައިނަލުގައި އެ ޓީމުގެ މައްޗަށް ކާމިޔާބު ހޯދި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.