Roadha Mihaaru
81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރިގެންފި

81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

28 ސެޕްޓެމްބަރ 2023

އައްޑޫ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑޫ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އުމުރުން 81 އަހަރުގެ އެ ފިރިހެންމީހާ އަތުން ފޭރެން އުޅުނީ އެ މީހާ ދިރިއުޅޭގެ ގެ އަށް ވަދެ އެ މީހާ ބަނުމަށް ފަހު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލާގައި އަނިޔާ ލިބުނު މިހާ ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް، ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެ މީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑި އަށް ބޮޑެތި އަނިޔާތަކެއް ވެފައިވޭ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

އެ މީހާ އަށް އަނިޔާވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އަތުން ހަން މަށައިގެން ގޮސް، ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.

އެ މީހާ އަަތުން ފޭރެން އުޅުނު މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރި އެވެ.