Roadha Mihaaru
ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީކުރަން ޖީޕީއެލަށް

ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީކުރަން ޖީޕީއެލް ހޯލްޑިންގްސް އާ ހަވާލުކޮށްފި

04 އޮކްޓޯބަރ 2023

ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއު، ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ހުޅުމާލެ ސައުތު ވެސްޓް ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއު، ޖީޕީއެލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އާބަންކޯއިން މިއަދު ބުނީ މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވަނީ އެންމެ ޖެޓީ ހާބަރެއް ކަމަށްވާތީ އެތަނުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި އެކަމަކު މި މަޝްރޫއުގެ ދަށުން އެ ކަންކަމަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ބަނދަރެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ވެހިކިއުލާ ހާބަރެއް ތަރައްގީ ކުރާނެ ކަމަށާއި އަދި އޭގެ ސަބަބުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ވެސް ފަސޭހަ ވެގެން ދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ސައުތު ވެސްޓު ހާބަރު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް --

ހުޅުމާލެ ސައުތު ވެސްޓު ހާބަރު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް --

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކު ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށާއި އެގޮތުން ކާރާއި ސައިކަލުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޕާކިން ޖާގަ ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ކޮމާޝަލް ޑެވެލޮޕްމެންޓަށް ތަފާތު އެކި ޖާގަތައް ހިމަނައިގެންނެވެ.