ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ ޓީޗަރުންގެ އަތްމަތިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
05 އޮކްޓޯބަރ 2023
ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ ޓީޗަރުންގެ އަތްމަތިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމައުގައި އުފެދިގެން އަންނަނީ ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމު ތަރައްގީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔެއަށް އަންނަ އިގްތިސާދީ، އިޖްތިމާއީ ބަދަލުތަކާ އެއްހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އާ އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް ކަމަށާއި ޓީޗަރުން ވެސް އެކަމަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.
"ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް. އެހެންކަމުން ދުނިޔެއަށް އަންނަ އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި އަޅުގަނޑުމެންގެ ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ދެކެން،" ރައީސްގެ ހިތާބުގައިވެ އެވެ.
ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށާއި ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ޓީޗަރުން އަދާކުރާ ޒިންމާތަކާއި ވާޖިބުތަކާ މެދު އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް އެތައް ގުނައެއް އިތުރުވެއްޖެ. ބައިނަލްއަގުވާމީ ފެންވަރުގައި ޓީޗަރުންނާ މެދު މިހާ ބޮޑު ސަމާލުކަމެއް ދީފައިވަނީ، ހެޔޮލަފާ ހަރުދަނާ މުޖްތަމައެއް ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ފުޅާކަމުން."
ރައީސް ވިދާޅުވި ގޮތުގައި، ފެންވަރު ރަނގަޅު ޓީޗަރުން އުފައްދައި، ޓީޗަރުންގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެކެވެ.
"ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ރަނގަޅު ޓީޗަރުން"
ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުވާން އެދިވަޑައިގެންފި
ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު: ރައީސް
ޒަމާނީ ޒުވާން ޓީޗަރުން އުފައްދަންޖެހޭ: ރައީސް
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން