Roadha Mihaaru
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ބާއްވަނީ

ޔާމީންގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ބާއްވަނީ

05 އޮކްޓޯބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި އަދި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

އެ މައްސަލަ އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ކުރިން ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކަން ޔާމީންގެ ވަކީލުން ކަށަވަރުކޮށްދިނެވެ.

އެ މައްސަލަ ހައި ކޯޓުން މިހާރު ނިމުމަކާ ގާތަށް ގޮސްފައި ވާއިރު، ޔާމީން މިހާރު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ނިންމުމެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ވެސް ޖަލު ހުކުމް އޮތުމުގެ ސަބަބުންނެވެ.