Roadha Mihaaru
އެކްސްގައި ހެޑްލައިން ނުފެންނަ ގޮތް ހަދައިފި

އެކްސްގައި ހެޑްލައިން ނުފެންނަ ގޮތް ހަދައިފި

05 އޮކްޓޯބަރ 2023

އެކްސް އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާގައި ޕޯސްޓްކުރާ އާޓިކަލްތަކުގެ ހެޑްލައިން ނުފެންނަ ގޮތް ހަދައިފި އެވެ.

އެކްސް އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާގައި ޕޯސްޓްކުރާ އާޓިކަލްތަކުގެ ހެޑްލައިން ނުފެންނަ ގޮތް ހަދައިފި އެވެ.

އެކްސްގައި އާޓިކަލްއެއް ޕޯސްޓްކުރުމުން މިހާރު ފެންނާނީ ޕްރިވިއު އިމޭޖާާ އެކު އެ އިމޭޖު މަތީގައި ވެބްސައިޓްގެ އެޑްރެސް އެވެ. އިމޭޖްގެ ތިރިން ފެންނަ ހެޑްލައިން ނުވަތަ ޔޫއާރްއެލް މިހާރު ނުފެންނާނެ އެވެ.

މި ބަދަލު ގެނައުމުގެ ކުރިން، އެކްސްގެ ވެރިޔާ އީލޮން މަސްކް އޯގަސްޓް މަހު ވަނީ މި ބަދަލު ގެންނަން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ. މަސްކް ބުނީ މިއީ ސީދާ އޭނާގެ އިރުޝާދަށް ގެންނަ ބަދަލެއް ކަމަށާއި މިހެން ހެދުމުން އެކްސް ޕްލެޓްފޯމް ބަލައިލަން ރީތިވާނެ ކަމަށެވެ.

މި ބަދަލަށް އެންމެ ބޮޑަށް ނުރުހިފައިވަނީ ނިއުސް ވެބްސައިޓްތަކުންނެވެ. މި ފަހުން އެކްސް އިން ވަނީ ނިއުސް ވެބްސައިޓްތަކަށް އަމާޒުކޮށް އެކި ބަދަލުތައް ގެނެސްފަ އެވެ. އަދި ގިނަ ހިދުމަތްތަކެއް ވަނީ ފައިސާ ދައްކައިގެން ނޫނީ ބޭނުން ނުކުރެވޭ ގޮތް ހަދައިފަ އެވެ.