Roadha Mihaaru
އާރުޓީއެލް ހައިވޭ ލިންކްތަކުން އަގު ނަގަން ފަށައިފި

ދެކުނުގެ ހައިވޭ ލިންކްތަކުން އަގު ނަގަން ފަށައިފި

08 އޮކްޓޯބަރ 2023

އާރުޓީއެލް ދެކުނުގެ އަތޮޅުތަކުގެ ދެމެދުގައި ދަތުރު ކުރުމަށް ކަނޑައެޅި ރޫޓުތަކުން އަގު ނަގަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާރުޓީއެލް ދެކުނުގެ އަތޮޅުތަކުގެ ދެމެދުގައި ދަތުރު ކުރުމަށް ކަނޑައެޅި ރޫޓުތަކުން އަގު ނަގަން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ އާރުޓީއެލް ޒޯން 5 (ގއ/ގދ) އަދި ޒޯން 6 (ޏ/ސ) އަތޮޅުގެ ދެމެދުގައި ކުރާ ހައިވޭ ލިންކް ދަތުރުތަކުން މިއަދުން ފެށިގެން އަގު ނަގާނެ ކަމަށެވެ. ގއ. އިން ގދ. އާ ދެމެދު ކުރާ ދަތުރުތަކުގެ އަގު އުޅެނީ 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ. އައްޑު އާއި ފުވައްމުލަކާ ދެމެދު ދަތުރު ކުރަން ނަގަނީ 250ރ. އެވެ.

އެމްޓީސީސީ އިން ބުނީ އާރުޓީއެލް ވެބްސައިޓާއި މޮބައިލް އެޕް މެދުވެރިކޮށް، ދަތުރު ކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ނެގޭނެ ކަމަށެވެ. ޓިކެޓް ނަގައިގެން ދަތުރު ކުރަން ފެށި ނަމަވެސް އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އާރުޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގާ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ.