09 އޮކްޓޯބަރ 2023
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓުތައް ހެދޭ ގޮތަށް އާ ގަވައިދެއް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓުތައް ހެދޭ ގޮތަށް އާ ގަވައިދެއް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ ގަވައިދުގައިވާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ވަކި ޓޫރިސްޓް ރިސޯޓާއި ރިސޯޓް ހޮޓަލާއި ހޮޓާ އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ އެ ނޫން ވަސީލަތްތައް ވެސް ހެދޭނެ އެވެ. މީހުން ދިރިއުޅޭ ރަށްރަކުގައި އެފަދަ ރިސޯޓުތައް ހެދޭނީ ރިސޯޓުތަކުގައި ހުންނަން ޖެހޭ ހިދުމަތްތަކާއި ފަސޭހަތައް ލިބޭނެ ގޮތަކަށެވެ. އެކަމާ ގުޅޭ ތަފްސީލުތަކަށް ޓޫރިޒަމް މިނިސްޓްރީ އާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށް، ކަނޑައަޅާންވާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.
އިންޓެގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ރެސްޓޯރެންޓްތަކާއި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ހިންގަން ވާނީ އެ ރިސޯޓުގެ އިތުރުން ރަށަށް ޒިޔާރަތްކުރާ އެހެން ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭނެ ގޮތަކަށް ކަމަށް އެ ގަވައިދުގައި ވެ އެވެ. ޓޫރިސްޓުންނަށް ހިދުމަތް ދޭން ހަދާ ވަކިވަކި ވިޔަފާރިތަކަށް ދޫކުރާ ބިންތަކަށް ވަދެ ނުކުމެވޭ ގޮތަށް މަގުތައް ހަދައި އެ މަގުތައް ބެލެހެއްޓުމަކީ އިންޓެގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރާ ޑިވެލޮޕަރު ނުވަތަ ސަބް ލެސީގެ ޒިންމާ އެކެވެ.
އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެ ރަށެއްގައި ގާއިމުކޮށްފައިވާ އާންމު ހިދުމަތްތަކުގެ ތެރެއިން ފޯރުކޮށް ދިނުމަކަށް ހުރަހެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ފަޅު ރަށްރަށުގައި ހިންގާ ނަމަ އެ ތަނުގައި ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅަން ޖެހޭނެ އެވެ. އެފަދަ ތަންތަނުގައި ގެސްޓް ހައުސްއެއް ހިންގުމަށް ހުއްދަ ނުދެވޭނެ ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ކަނޑައަޅާ ރަށްރަށުގައި ވަކި ރިސޯޓެއް ހަދާ ނަމަ އެ ރިސޯޓެއް ހެދުމަށް އެ ރަށުގެ 50 ޕަަސެންޓް ބޭނުން ކުރެވޭނެ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޓެގްރޭޑެޓް ޓޫރިސްޓް ރިސޯޓުތަކުގައި ޔޮޓް މެރީނާތައް ވެސް އެޅޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
މި އުސޫލުގެ ދަށުން މިހާރު ތަރައްގީކޮށް ނިމިފައި ހުރި ތަނެއް އިންޓެގްރޭޓެޑް ރިސޯޓަކަށް ބަދަލު ކުރާ ނަމަ އެއް މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް އާ ގަވައިދުގައި ވެ އެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
ހުރިހާ ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފި
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
ކުއްޔަށްދޭ ވިލާތަކުން ނަގާނީ ރިއަލް އެސްޓޭޓް ޓެކްސް
ރިސޯޓުގެ ވިލާތައް ދިގު މުއްދަތަށް ދޫކުރެވޭގޮތް ހަދައިފި
އިތުރު ރަށެއްގައި ރިސޯޓު ހެދުމަށް ބިޑަށް ހުޅުވާލައިފި
އޯފް ސީޒަންގެ ވިޔަފާރި ދަށްވެ ރިސޯޓްތަކުން އީދު ޕެކޭޖް