Roadha Mihaaru
ސުޕްރީމް ކޯޓުގެ އެސްޖީކަމުން ފާއިޒް ވަކިކުރީ ގޯސްކޮށް

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުން ފާއިޒް ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައިފި

09 އޮކްޓޯބަރ 2023

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާއިޒް ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް އެ ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގުކުރައްވަ އެވެ.

ފާއިޒް ވިދާޅުވީ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން، އޭނާ ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އަދި އޭނާ ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަސް ތެރޭގައި ދޭން ޓްރައިބިއުނަލުން އަންގާފައިވާ ކަމަށެވެ.

ފާއިޒް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ވަޒީފާ އަނބުރާ ހޯދުމަށް އޭނާ އެދިވަޑައިގެންފައެއް ނުވާނެ އެވެ.

ފާއިޒް މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު އެވެ.