އިނގިރޭސި ޝާހީ އާއިލާގެ ތާރީހަށް ބިނާކޮށް ގެނެސްދޭ ނެޓްފްލިކްސްގެ ސީރީޒް "ދަ ކްރައުން"ގެ ހަވަނަ އަދި އެންމެ ފަހު ސީޒަން ގެނެސްދޭ ތާރީހުތައް އިއްޔެ އިއުލާންކޮށްފި އެވެ.
އިނގިރޭސި ޝާހީ އާއިލާގެ ތާރީހަށް ބިނާކޮށް ގެނެސްދޭ ނެޓްފްލިކްސްގެ ސީރީޒް "ދަ ކްރައުން"ގެ ހަވަނަ އަދި އެންމެ ފަހު ސީޒަން ގެނެސްދޭ ތާރީހުތައް އިއްޔެ އިއުލާންކޮށްފި އެވެ.
މި ތާރީހުތައް ނެޓްފްލިކްސް އިން އިއުލާންކުރީ ފަހު ސީޒަން ޓީޒާއަކާ އެކުގަ އެވެ. ފަހު ސީޒަން ގެނެސްދޭން ނިންމާފައި ވަނީ ވެސް ދެ ބަޔަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ޕާޓު ގެނެސްދޭނީ އަންނަ މަހު 16 ގަ އެވެ. އަދި ދެވަނަ ޕާޓު ގެނެސްދޭނީ އަންނަ ޑިސެމްބަރު މަހު 14 ގަ އެވެ. އެއީ ޖުމްލަ 10 އެޕިސޯޑެވެ.
މި ސީރީޒްގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ މިދިޔަ އަހަރު އަވަހާރަވި ރާނީ އެލިޒަބަތު އިނގެރޭސި ރަސްކަމަށް ވެޑުވިފަހުން އެކަމަނާގެ ޒައާމަތުގައި ހިނގި އާއިލީ އަދި ސިޔާސީ ތަފާތު އެކި ކަންކަމުގެ މައްޗަށެވެ.
"ދަ ކްރައުން"ގެ އެކި ސީޒަންތަކުގައި ރާނީގެ ރޯލާއި ޝާހީ އާއިލާގެ އެހެން މެމްބަރުންގެ ރޯލުތައް އެކި ތަރިން ވަނީ ކުޅެފަ އެވެ. މި ފަހު ސީޒަންގައި ރާނީގެ ރޯލުން ފެންނާނީ މިދިޔަ ސީޒަންގައި ވެސް އެ ރޯލު ކުޅުނު ތަރި، އިމެލްޑާ ސްޓޯންޓަން އެވެ.
ފަހު ސީޒަންގައި ރާނީ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި "ދަ ކްރައުން"ގެ އެކި ސީޒަންތަކުގައި ރާނީގެ ރޯލު ކުޅުނު އެކްޓަރުން ފެންނާނެ އެވެ. އެއީ ޒުވާން ދުވަސްވަރު ރާނީގެ ރޯލު ކުޅުނު ކްލެއާ ފޯއީ އާއި މެދު އުމުރުގެ ރޯލު ކުޅުނު އޮލިވިއާ ކޯލްމަން އަދި މިހާރު ރާނީގެ މުސްކުޅި އުމުރުގެ ރޯލު ކުޅޭ އިމެލްޑާ ސްޓޯންޓަން އެވެ.
އިއްޔެ އާންމުކުރި ޓީޒާގައި ވެސް އެ ތިން އެކްޓަރުން ފީޗާކޮށްފައިވެ އެވެ.
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ދިއްލީ ކްރައިމް 3" އަންނަ މަހު 12 ގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
"ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި
"ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް ގެނެސްދެނީ
އަރްޔަންގެ އިންސްޓަގްރާމް ޕީޕީއަށް އަމިއްލަ ފޮޓޯއެއް!
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ފުރަތަމަ ފެނިލުން