އެމެރިކާގެ އެނިމޭޓެޑް ސީރީޒް "އެވެޓާ: ދަ ލާސްޓް އެއާބެންޑާ"އަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ލައިވް އެކްޝަން ސީރީޒްގެ ދެވަނަ ސީޒަންގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
އެމެރިކާގެ އެނިމޭޓެޑް ސީރީޒް "އެވެޓާ: ދަ ލާސްޓް އެއާބެންޑާ"އަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ލައިވް އެކްޝަން ސީރީޒްގެ ދެވަނަ ސީޒަންގެ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
ނެޓްފްލިކްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިނެޓަކާއި 19 ސިކުންތުގެ އެ ޓީޒާ މިހާރު ވަނީ އާންމުކޮށްފަ އެވެ. ޓީޒާއިން އެނގޭ ގޮތުގައި، ދެވަނަ ސީޒަންގައި "އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ މުހިންމު ކެރެކްޓާއެއް ކަމަށްވާ ޓޮފް މި ސީރީޒަށް ތައާރަފުވާނެ އެވެ.
"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ ފުރަތަމަ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް، ގިނައިން ލިބުނީ ނެގެޓިވް ރިވިއުތަކެވެ.
ފުރަތަމަ ސީޒަނަށް ލިބުނު ވިއުސް ގިނަވުމާ އެކު ނެޓްފްލިކްސް އިން ވަނީ އެ ސީރީޒްގެ އިތުރު ދެ ސީޒަން ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.
މީގެ އެނިމޭޓެޑް ސީރީޒަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސީރީޒެކެވެ. އެހެންވެ، ނެޓްފްލިކްސް އިން މީގެ ލައިވް އެކްޝަން ސީރީޒް އިއުލާން ކުރުމާ އެކު އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެއީ ކުރިން އެހެން ބަޔަކު ހެދި މީގެ ރީމޭކް ވެސް ފޭނުންނަށް ކަމުނުދިޔުމުންނެވެ.
"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ މުހިންމު ރޯލުތައް ކުޅެނީ ގޯޑަން ކޯމިއާ، ކިއަވެންޓިއޯ، ޑަލަސް ލިއު، އެލިޒަބަތު ޔޫ އަދި ޑޭނިއަލް ޑޭ ކިމް އެވެ.
"އެވެޓާ: ދަ ލާސްޓް އެއާބެންޑާ"ގެ ދެވަނަ ސީޒަން ގެނެސްދެނީ އަންނަ އަހަރު އެވެ. ސީދާ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
"ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ފުރަތަމަ ޓީޒާ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގެ ޓްރެއިލާ ނެރެފި
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނޮވެމްބަރު 26 ގައި
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް