Roadha Mihaaru
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ

ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަން ފަށަނީ

11 އޮކްޓޯބަރ 2023

ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ދިވެހި ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް މިރޭ ވިއްކަން ފަށާނެކަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ދިވެހި ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް މިރޭ ވިއްކަން ފަށާނެކަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.

މިރޭ އަށެއް ޖަހާއިރު ޓިކެޓް ވިއްކަން ފަށާނީ ގައުމީ ފުޓްބޯޅަ ދަނޑުގެ އޮލިމްޕަސް ތިއޭޓަރާ ދިމާޅުގައި ހުންނަ ގޭޓުން ކަމަށް އެފްއޭއެމުން ބުންޏެވެ.

ޓިކެޓް ވިއްކަނީ 100ރ. އާއި 50ރ. އަށެވެ. މެޗަށް 4،500 ޓިކެޓް ވިއްކަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 20 ޕަސަންޓް ހާއްސަކޮށްފައި ވަނީ ބަންގްލަދޭޝްގެ ސަޕޯޓަރުންނެވެ.

އެ ގައުމުގެ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން މިއަދު ބުނީ ރާއްޖޭގައި ބަންގްލަދޭޝް ކުޅޭއިރު ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. މާދަމާގެ މެޗުގައި ވެސް ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުން ދަނޑަށް އައުމަށް އޭނާ ވަނީ އެދިފަ އެވެ.

އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓް ނުލިބިގެން ދިވެހިންނާއި ބަންގްލަދޭޝްގެ މީހުންގެ ވެސް ޝަކުވާ ބޮޑުވި އެވެ.

އޭރުގެ ވާދަވެރިކަމުގައި ޓިކެޓް ވިއްކަން ނެރުނުތާ ގަޑިއެއްހާއިރު ނުވަނީސް ޓިކެޓް ހުސްވިކަމަށް އިއުލާން ކުރުމުން ބައެއް ފަރާތްތަކުން ވަނީ އެފްއޭއެމަށް ވެސް ތުހުމަތުކޮށްފަ އެވެ.