12 އޮކްޓޯބަރ 2023
ގައުމީ ފުޓްބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން އަދި އެންމެ މުހިންމު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ޓީމުގައި ނެތެވެ. އަނިޔާގެ ސަބަބުން ގައުމީ ޓީމުގައި އޭނާ އަށް ބައިވެރިވެވޭކަށް ނެތެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން އަދި އެންމެ މުހިންމު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ޓީމުގައި ނެތެވެ. އަނިޔާގެ ސަބަބުން ގައުމީ ޓީމުގައި އޭނާ އަށް ބައިވެރިވެވޭކަށް ނެތެވެ.
ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު އަކުރަމެއް ވެސް ޓީމުގައި ނެތެވެ. ޑިފެންސްގައި ހެވީވެއިޓް ނަމަކަށް ހުރީ މާޒިޔާގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) އެވެ. އޭނާ އާ ޕާޓްނާޝިޕް ހަދާނެ ކުޅުންތެރިޔަކާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ހާމަ ކުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކެޕްޓަން އަހްނަފް ރަޝީދެވެ.
ސުޒޭން ބުނީ ސަމޫހް ނެތުމަކީ ބޮޑު ޗެލެއްޖެއް ކަމަށެވެ. ނަމަވެސް އުމުރުން 21 އަހަރުގެ އަހުނަފް ޑިފެންސްގައި އެ މަގާމު ފޫބައްދައި ހެލްމެޓާ އެކު ރަނގަޅު ޕާޓްނާޝިޕެއް ހެދޭނެ ކަމަށެވެ.
އަހްނަފް: މުހިންމު މެޗަކަށް ނުކުންނައިރު އޭނާ އަށް އޮތީ ބޮޑު ޒިންމާއެއް --- ފޮޓޯ: ނިޝާން އަލީ | މިހާރު
ސުޒޭންގެ އިރުޝާދުގެ ދަށުން 23 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް ކުޅުނު އަހްނަފް ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ އަހަރު ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ 11 ގައި އޭނާ ކުޅެން ނުކުތެވެ. އެކަމަކު މެޗުގެ ކުރީކޮޅު ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލު ކުރަން ޖެހުނީ އެވެ.
ކުރީގެ ކޯޗު ރިކީ ހާބަޓްގެ ކޯޗުކަމުގައި ގައުމީ ޓީމަށް ކުޅެން ފެށި ފަހުން ވެސް ޓީމުގެ ޑިފެންޑަރުންގެ ތެރެއިން ގާވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔަކީ ސަމޫހް އެވެ. މިދިޔަ ތިން އަހަރު ސަމޫހް އާއެކު ޑިފެންސްގައި ޕެއާވާ ކުޅުންތެރިޔަކީ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އެވެ.
އަކުރަމެއް ވެސް ސަމޫހް ވެސް ޓީމުގައި ނެތެވެ. އެކަމަކު ސަމޫހް އާއި އަކުރަމް ނެތް މެޗެއް ނަމަ، ޑިފެންސްގެ މަގާމު ފޫބައްދަނީ ހެލްމެޓެވެ.
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
މާލޭގައިވެސް ރާއްޖެއަށް ބަންގްލަދޭޝް ބަލި ނުކުރެވުނު
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު
އަނެއް ބުރަށް އިންޑިއާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ