ހއ. ދިއްދޫ ނެރުމައްޗަށް ލޯންޗެއް އަރައި، އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
13 އޮކްޓޯބަރ 2023
ހއ. ދިއްދޫ ނެރުމައްޗަށް ލޯންޗެއް އަރައި، އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ރަށު ނެރުމައްޗަށް ލޯންޗެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 7:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ލޯންޗުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ކިހިނެއް ކަމެއް އަދި އޮޅުން ނުފިލާ ކަމަށެވެ. ނަމަވެސް ލޯންޗުގައި ތިބި ގިނަ ބަޔަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ނެރު މައްޗަށް އެރި ލޯންޗުގައި 10 މީހުން ތިއްބެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެއީ ހއ. ވަށަފަރުން ދިއްދޫއަށް ދަތުރުކުރި ދެ ލޯންޗު ކަމަށެވެ.
"ޑިންގީ ގޮތަށް އެ ހުންނާނީ، އެ ދެ ލޯންޗު އެއްކޮށް އައިސް، ފަހަތުން އައި ލޯންޗު މި ވަނީ ހިލަތަކު މަތިން، ނެރު ކަމަށް ހީކޮށް. އެހެންވެ އެ އަށް އެހާ ބޮޑުވަރު އެ ވީ. އޭގަ ވެސް ތިބި އަންހެނުން ވެސް،" އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ލޯންޗު ވަށަފަރުން މިހުން ގޮވައިގެން އައީ، ނިމުނު ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރަން ދިއްދޫގައި ބާއްވަން ހަމަޖެހިފައިވާ އޮތް އުފާ ފާޅު ކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށެވެ.
އެ ލޯންޗު އަޑިއަށް ގޮސްގައިވާ ކަމަށާއި ރަށު ރައްޔިތުންނާއި އެ ރަށު ފުލުހުން ގުޅިގެން ލޯންޗު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
"ލޯންޗު އަޑިއަށް ދިޔައީ ކުއްލިއަކަށް ނެގި ރާޅަކުން"
ދެ މީހުންނާކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
ކަނޑަށް ބަންޑުން ޖަހާލި ދިގުރަށް ލޯންޗު ނަގައިފި
ލޯންޗަށް ޖެހީ ރާޅެއް، ދިޔަވާތީ އެންމެން ފުންމާލީ!
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ
ލޯންޗް އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވި: ޕޮލިސް