30 ޖޫން 2018
ހއ. މަނަފަރު ރިސޯޓުން ފުރައިގެން އެ އަތޮޅު ދިއްދު އަށް މިއަދު ދަތުރުކުރި ލޯންޗު އަޑިއަށް ދިޔައީ ކުއްލިއަކަށް ނެގި ބޮޑު ރާޅަކުން ކަމަށް އެ ލޯންޗުގެ ވެރިފަރާތް އަދި އެ ދުއްވަން އިން ކައްޕި އަލީ ވަހީދު މިއަދު ބުނެފި އެވެ.
ހއ. މަނަފަރު ރިސޯޓުން ފުރައިގެން އެ އަތޮޅު ދިއްދު އަށް މިއަދު ދަތުރުކުރި ލޯންޗު އަޑިއަށް ދިޔައީ ކުއްލިއަކަށް ނެގި ބޮޑު ރާޅަކުން ކަމަށް އެ ލޯންޗުގެ ވެރިފަރާތް އަދި އެ ދުއްވަން އިން ކައްޕި އަލީ ވަހީދު މިއަދު ބުނެފި އެވެ.
"އަޒުމު" ނަމަކަށް ކިޔާ އެ ލޯންޗު އަޑިއަށް ދިޔައީ، ހއ. ގައްލަންދޫ ކައިރިއަށެވެ. އެ ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިން ވެސް ވަނީ ސަލާމަތްވެފަ އެވެ.
އެ ހާދިސާގައި ހަ ލައްކަ ރުފިޔާގެ ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. އެކަމަކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ދުއްވަން ފެށި ލޯންޗު ވަނީ އިންޝުއަކޮށްފަ އެވެ.
އަލީ ވަހީދު ބުނިގޮތުގައި ލޯންޗު އަޑިއަށް ދިޔައީ މަނަފަރަށް ބަޔަކު ލާފައި، އަނބުރާ ރަށަށް ދަނިކޮށެވެ.
"ގައްލަންދޫ އަކީ އާއްމުކޮށް ކަނޑުގަދަ ސަރަހައްދެއް. މަނަފަރަށް ދިޔައިރު ކަނޑު އޮތީ އާދައިގެ ވަރަކަށް. އެކަމަކު އަނބުރާ ރަށަށް ދިޔައިރު ކަނޑު ވަރަށް ގަދަ. އެހެން ކުއްލިއަކަށް ނެގި ބޮޑު ރާޅަކުން އަޑިޔަށް ދިޔައީ،" އަލީ ވަހީދު ބުންޏެވެ.
އަޒުމު ލޯންޗުގެ މަތީގައި، އެ ލޯންޗުގެ ދެ ފަޅުވެރިން އިށީންދެލައިގެން.-- ފޮޓޯ: ފޭސްބުކް ޕޭޖް. ދިއްދޫ
ލޯންޗު އަޑިއަށް ދާން ފެށުމުން އަލީ ވަހީދު ވަނީ އޭނާގެ ރައްޓެއްސަކަށް ގުޅައި އެކަމުގެ މައުލޫމާތު ދީފަ އެވެ. ފުލުހުންނަށް އެ ހާދިސާ ރިޕޯޓު ކުރީ އެ މީހާ އެވެ.
އަލީ ވަހީދު ބުނީ ލޯންޗު އެއްކޮށް އަޑިއަށް ދިއުމުގެ ކުރިން އެހެން ލޯންޗެއް އެ ސަަރަހައްދަށް ދިޔަ ކަމަށެވެ. ފުލުހުންނަށް އެ ހިސާބަށް ދެވުނީ އޭގެ ފަހުންނެވެ.
ނުވަ މީހުންގެ ޖާގައިގެ ލޯންޗު މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.
ދެ މީހުންނާކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ
ދިއްދޫ ނެރަށް ލޯންޗެއް އަރައި، ބަޔަކަށް ފަރުވާދެނީ
ރަސްފަންނާ ދިމާލު ބޭރުން ދޯންޏެއް ބަންޑުން ޖަހާލައިފި
ލޯންޗުން ގެއްލުނު މީހާގެ މައުލޫމާތު އާންމުކޮށްފި
ކައްޕި ގެއްލުން: "ފެނުނު ވަޅީގައި ހުރީ ލެޔެއް ނޫން"
ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އަދި ވެސް ކުރިއަށް
އެއާޕޯޓު ފެރީއަކާއި ލޯންޗެއް ޖެހި ފަސް މީހަކަށް އަނިޔާ
ކައްޕި ހޯދަން ފީނި ސަރަހައްދުން ވަޅިއެއް ފެނިއްޖެ
ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި