Roadha Mihaaru
ރާއްޖެ ބަލީގެ ތަދަށް ތަފާތު ފަރުވާ ދޭނެ ކްލިނިކެއް

ރާއްޖެ ބަލީގެ ތަދަށް ތަފާތު ފަރުވާތަކެއް ދޭނެ ކްލިނިކެއް

15 އޮކްޓޯބަރ 2023

ހުޅުހުޅުގައި ރިއްސުމާއި މައިބަދައިގައި އާއްމުކޮށް ރިއްސުމަކީ ދިވެހިންނާ ވަރަށް ރައްޓެހި ތަދެކެވެ. ދިވެހިންނާއި މިފަދަ ތަދުތަކާ އޮންނަ ގުޅުމުގެ ސަބަބުން އާއްމުކޮށް މި ފަދަ ސިމްޕްޓަމްތައް ފެންނަ "ރޫމަޓޮއިޑް އާތްރައިޓިސް" ދިވެހިންގެ މެދުގައި މަޝްހޫރުވެފައި އޮންނަނީ ރާއްޖެ ބަލީގެ ގޮތުގަ އެވެ. މި ފަދަ ތަދުތައް އާއްމުވުމުގެ ސަބަބުން "ސެލްފް ޑައިގްނޯޒް"ކޮށް އަމިއްލަ އަށް އާތްރައިޓިސް ހުންނަ ކަމަށް ނިންމާ މީހުން ވެސް މަދެއް ނޫނެވެ.

ހުޅުހުޅުގައި ރިއްސުމާއި މައިބަދައިގައި އާއްމުކޮށް ރިއްސުމަކީ ދިވެހިންނާ ވަރަށް ރައްޓެހި ތަދެކެވެ. ދިވެހިންނާއި މިފަދަ ތަދުތަކާ އޮންނަ ގުޅުމުގެ ސަބަބުން އާއްމުކޮށް މި ފަދަ ސިމްޕްޓަމްތައް ފެންނަ "ރޫމަޓޮއިޑް އާތްރައިޓިސް" ދިވެހިންގެ މެދުގައި މަޝްހޫރުވެފައި އޮންނަނީ ރާއްޖެ ބަލީގެ ގޮތުގަ އެވެ. މި ފަދަ ތަދުތައް އާއްމުވުމުގެ ސަބަބުން "ސެލްފް ޑައިގްނޯޒް"ކޮށް އަމިއްލަ އަށް އާތްރައިޓިސް ހުންނަ ކަމަށް ނިންމާ މީހުން ވެސް މަދެއް ނޫނެވެ.

"ރޫމަޓޮއިޑް އާތްރައިޓިސް" އަކީ އާތްރައިޓިސް ބަލީގެ ވައްތަރެކެވެ. ދިވެހިންގެ މެދުގައި އާއްމުކޮށް ފެންނަނީ އާތްރައިޓިސްގެ މި ވައްތަރެވެ.

މި ބަލީގެ އާއްމު އަލާމަތްތަކުގެ ތެރޭގައި ހުޅުހުޅުގައި ރިއްސުމާއި ހުޅުހުޅު ދުޅަވުމާއި ބަދަތަކާއި ބުރަކަށީގައި ރިއްސުން ހިމެނެ އެވެ. އަދި ހުން އައުމާއި، ވަރުދެރަވެ ވަރުބަލިވުމަކީ ވެސް މި ބަލީގެ ބައެއް އަލާމާތްތަކެވެ.

ޕެއިން ކްލިނިކުގެ ކޮންސަލްޓޭޝަން ރޫމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕެއިން ކްލިނިކުގެ ކޮންސަލްޓޭޝަން ރޫމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ބަލީގެ އަލާމަތްތަކުގެ އަސަރު ބޮޑުވެ، އެންމެ ބޮޑު ވޭނެއް ތަހައްމަލުކުރަން ޖެހެނީ ދުވާލުގެ ވަގުތު އެވެ. އާއްމުކޮށް މި ފަދަ "ކްރޮނިކް ޕެއިން" ތަހައްމަލުކުރާ މީހުން އޮފީހަށް ސަލާމް ބުނުން އާދައަކަށްވާ ސަބަބަކީ މިއީ އެވެ. އޮފީހުގެ މަސައްކަތްތައް ހުރަސް އެޅި، އޮފީހަށް ނުދެވޭ ދުވަސްތައް ގިނަވެ، މުސާރައިން ބޮޑު ބައެއް ގެއްލުމާއި، އެއްވެސް މަސައްކަތެއް ނުކުރެވޭ ހާލަތަށް ގޮސް އާމްދަނީ ނުލިބުމަކީ މި ފަދަ ބަލިތަކަށް ރާއްޖޭގައި އެކަށީގެންވާ ފަރުވާއެއް ދެވޭނެ ނިޒާމެއް ނެތުމުން ތަހައްމަލްކުރަންޖެހޭ ބައެއް "ސޯސިއޯ އިކޮނޮމިކް" މައްސަލަތަކެވެ.

މި ފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން، އެ މީހުންގެ އާއްމު ދިރިއުޅުމުގައިވެސް، އެކި ގުޅުންތަކާއި ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންތައްތަކަށް ވެސް ބުރޫ އަރާ ހިސާބަށް ދާ ދުވަސް ވެސް އާދެ އެވެ.

ރާއްޖެ ބަލި އާއްމުކަމަށް ގިނަ ބަޔަކު ބުނާއިރު މި ބަލީގެ ހަގީގީ ތަދާއި ވޭނަކީ އާއްމުންގެ މެދުގައި ހޭލުންތެރިކަން ކުޑަ އެއްޗެކެވެ. މި ބަލީގެ އަލާމަތްތައް މެނޭޖުކުރަން ދޭ ބޭހުގެ އިތުރުން މި ބައްޔަށް ރާއްޖޭގައި ދެވޭނެ މާ ބޮޑު ފަރުވާއެއް ދާދިފަހާ ޖެހެންދެން ވެސް ނެތެވެ. މި ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް އާއްމު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަކީ މާ ބޮޑު ފަރުވާލެއް ނުދެވޭ ކަންތައްތަކެވެ.

މި ފަދަ ބަލިތަކުގެ ސަބަބުން އުއްމީދު ގެއްލިފައިވާ ފަރާތްތަކަށް ދާދި ފަހުން ހުޅުވި "ޕެއިން ކްލިނިކް" އަކީ އުފާވެރި ހަބަރުތަކެއް ގެނެސްދިން ތަނެކެވެ.

ޕެއިން ކްލިނިކުގެ ޓްރީޓްމަންޓު ރޫމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕެއިން ކްލިނިކުގެ ޓްރީޓްމަންޓު ރޫމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޕެއިން ކްލިނިކް" އަކީ ހޮލިސްޓިކް އެޕްރޯޗެއްގައި ވަށާޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދޭ ކްލިނިކެކެވެ. މި ކްލިނިކަކީ މަލްޓި މޯޑަލް ފަރުވާމެދުވުވެރިކޮށް ތަފާތު ވައްތަރުގެ ފަރުވާ ޕޭޝަންޓުންނަށް ފޯރުކޮށްދޭ ކްލިނިކެކެވެ. މި ތަނުން ރެސްޓޮރޭޓިވް ތެރަޕީގެ އެކި ވައްތަރުތަކާއި އަލްޓްރާ ސައުންޑް ގައިޑަޑް އިންޖެކްޝަނާއި ބޭހުން ނާރު ބްލޮކް ކޮށްގެން ތަދު މެނޭޖުކޮށްދެ އެވެ. އަދި ތަދު މެނޭޖުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތަކާއި ތަދު މެނޭޖުކުރުމުގައި ބޭނުންވާ ގައިޑެންސާއި އިރުޝާދު ވެސް މި ކްލިނިކުން ދެ އެވެ.

މި ކްލިނިކުން ޕޭޝަންޓުންނަށް ދޭނެ ފަރުވާ ކަނޑައަޅާނީ ކޮންސަލްޓޭޝަނަށް ފަހު، ފުރިހަމަ ޑައިގްނޯސިސްއެއް ހަދާ، ޕޭޝަންޓުގެ ކޮންޑިޝަން ރަނގަޅަށް އިވެލުއޭޓް ކުރުމަށް ފަހު އެވެ.

މި ކްލިނިކުގައި ހަފްތާއަކު ތިން ދުވަހު ސްޕެޝަލިސްޓް ޖީޕީ ކޮންސަލްޓޭޝަން ދެ އެވެ. އަދި ސްޕެޝަލިސްޓު ޑޮކްޓަރުން ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކޮންސަލްޓޭޝަންދެ އެވެ.

ޕެއިން ކްލިނިކުގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕެއިން ކްލިނިކުގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ކްލިނިކަކީ ރާއްޖެ ބަލި ފަދަ ބަލިތަކުގެ ސަބަބުން ތަދު ތަހައްމަލު ކުރާ ފަރާތްތަކުގެ ތަދަށް ލުއި ހޯދާދެވޭނެ މަގުތައް ދެނެގަންނަ ކްލިނިކެކެވެ. "ޕެއިން މެނޭޖްމަންޓް" އަކީ ރާއްޖެއަށް އާ ކޮންސެޕްޓެއް ނަމަވެސް މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި މި ފަދަ އެކި ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރާ ފަރުވާގެ ނިޒާމެކެވެ.

"ރޫމަޓޮއިޑް އާތްރައިޓްސް" ފަދަ ތަހައްމަލުކުރަން ދަތި, ހައްލު ލިބެން ނެތް މި ފަދަ ތަދުތައް ތަހައްމަލު ކުރަމުންދާ މީހުންނަށް "ޕެއިން ކްލިނިކް"ގެ ހިދުމަތްތަކުގެ އެހީގައި އާއްމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. ތަދަށް އެއްކޮށް ހައްލެއް ނުލިބުނަސް، މި ކްލިނިކުން ދޭ ފަރުވާތަކަކީ ތަހައްމަލްކުރެވޭ މިންވަރަށް ތަދު މެނޭޖުކުރެވި، ތަދުގެ ސަބަބުން އާއްމު ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ އިތުރު ގޮންޖެހުންތަކުން އަރައިގަންނަން ލިބޭ ފުރުސަތަކަށް ވާނެ އެވެ.

މި ކްލިނިކަށް ދާދި ފަހުން ވަނީ އާސަންދަ ވެސް ތައާރަފްކޮށްފަ އެވެ. ކްލިނިކް ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި ހަތަރު ވަނަ ފްލޯގަ އެވެ. މި ކްލިނިކުގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު 7260892 ނަމްބަރުން ލިބޭނެ އެވެ.

ނޯޓު: މިއީ ޕެއިން ކްލިނިކުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.