Roadha Mihaaru
އޭޑީކޭ: ފިޒިއޮތެރަޕީގެ ހިދުމަތުގައި ބޮޑު ކުރިއެރުމެއް

އޭޑީކޭގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް: އެންމެ ޒަމާނީ، އާ ވަސީލަތްތަކާއެކު ހިދުމަތް ފުޅާކޮށްފި

19 ޑިސެމްބަރ 2022

އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ތަނުގެ ޑިޕާޓުމަންޓުތަކުގެ ކެޕޭސިޓީ އިތުރުކޮށް އެކި ވަސީލަތްތައް އަންނަނީ އަބަދުވެސް ތައާރަފު ކުރަމުންނެވެ. ދާދި ފަހުން އެ ހޮސްޕިޓަލުގައި ހުޅުވި ފިޒިއޮތެރަޕީ ޑިޕާޓުމަންޓަކީ އޭގެ ހެއްކެކެވެ. އެ ތަން ހުޅުވީ، ބޮޑެތި ބަދަލުތަކަކާއެކު އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް އެ ތަނުގެ ޑިޕާޓުމަންޓުތަކުގެ ކެޕޭސިޓީ އިތުރުކޮށް އެކި ވަސީލަތްތައް އަންނަނީ އަބަދުވެސް ތައާރަފު ކުރަމުންނެވެ. ދާދި ފަހުން އެ ހޮސްޕިޓަލުގައި ހުޅުވި ފިޒިއޮތެރަޕީ ޑިޕާޓުމަންޓަކީ އޭގެ ހެއްކެކެވެ. އެ ތަން ހުޅުވީ، ބޮޑެތި ބަދަލުތަކަކާއެކު އެވެ.

ފިޒިއޮތެރަޕީގެ ހިދުމަތް ކުރިން ދެމުން އައީ ކުޑަކުޑަ ކޮޓަރިއެއްގައި ކަމަށް ވިޔަސް މިހާރު ވަނީ އެ ހިދުމަތަށް ބޮޑު ޑިޕާޓްމަންޓެއް ހަަދައިފަ އެވެ. ފިޒިއޮތެރަޕީގެ ހިދުމަތް ދޭން ކުރިން ބޭނުންކުރި ކޮޓަރި އަށް ވުރެ ފަސް ގުނަ ޖާގަ ބޮޑު ތަނެއް މިހާރު ވަނީ އޭޑީކޭގައި ހަދައިފަ އެވެ. ކުރިން ހުރި ތަނުގައި ނެތް ވަސީލަތްތަކާއި ބައެއް ހިދުމަތްތައް ވެސް އާ ޑިޕާޓުމަންޓުން މިހާރު ވަނީ ފަށައިފަ އެވެ. ސްޕޯޓްސް ރިހެބިލިޓޭޝަނަށް ބޭނުންވާ ބެންޗާއި ޓްރެޑްމިލްތައް އިތުރުކޮށް، ހިދުމަތްތަށް ވަނީ ގާތްގަނޑަކަށް ތިން ގުނަ އަށް ފުޅާކޮށްފަ އެވެ.

ފިޒިއޮތެރަޕީ ޑިޕާޓުމަންޓުގެ އެތެރެ. އެ ތަނަކީ ޖާގަ ތަނަވަސް ތަނެއް. -- ފޮޓޯ: އޭޑީކޭ

ފިޒިއޮތެރަޕީ ޑިޕާޓުމަންޓުގެ އެތެރެ. އެ ތަނަކީ ޖާގަ ތަނަވަސް ތަނެއް. -- ފޮޓޯ: އޭޑީކޭ

އިލެކްޓްރޯ ތެރަޕީ އާއި އެކްސަސައިޒް ތެރެޕީ އަށް ޖާގަ ބަހާލައިގެން ހިދުމަތް ދޭން ރާވާފައިވާއިރު، އެ ތަނުން ފިޒިއޮތެރަޕީ ކޮންސަލްޓޭޝަންގެ ހިދުމަތް ވެސް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ ރާއްޖޭގައި އަލަށް ދޭން ފެށި ހިދުމަތެކެވެ. އެއީ ޑޮކްޓަރަކު ފިޒިއޮތެރަޕީ އަށް ރިފަރަލް ދިނުމުން، ބަލިމީހާ އަށް ދޭން ޖެހޭ ސީދާ ފަރުވާ ދެނެގަތުމަށް ދޭ ކޮންސަލްޓޭޝަނެކެވެ. އެ ކޮންސަލްޓޭޝަނުގައި ގޭގައި ނަގަން ޖެހޭ ފަރުވާތައް ކިޔައި ދީ، ބައްޔަށް ދޭ ފަރުވާގެ މައުލޫމާތުތައް ހިއްސާކޮށް، ބަލިމީހާ އަށް ދިމާވެފައި ހުރި މައްސަލައިގެ ސަބަބުން އިތުރު މައްސަލަތައް ހުރިތޯ ބަލާނެ އެވެ. ބަލިމީހާ އަށް ދިމާވާ މައްސަލަތަކުގެ އިވެލުއޭޝަނެއް ހަދާނެ އެވެ. ޑޮކްޓަރެއްގެ ރިފަރަލް ނެތި، ކުޅިވަރުތަކުގައި ލިބޭ އަނިޔާތަކާ ގުޅޭ ފިޒިއޮތެރަޕިސްޓަކާ ސީދާ ކޮންސަލްޓް ކުރެވޭނެ އެވެ.

އޭޑީކޭގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓް އަލުން ހުޅުވީ، މިހާތަނަށް ބޭނުންކުރަމުން އައި ބޭސިކް އިކުއިޕްމަންޓްސް އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީ އަށް އަޕްގްރޭޑް ކުރުމަށް ފަހު އެވެ. އެންމެ ފަހުގެ އާ ބައެއް ޓެކުނޮލަޖީ ވެސް އެ ތަނަށް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ރޮބޮޓިކް ރިހެބިލިޓޭޝަނާއި މަސްކިއުލާ ސްކެލެޓަލް އަލްޓްރާ ސައުންޑާއި ޝޮކް ތެރަޕީ ވެސް ހިމެނެ އެވެ.

ފިޒިއޮތެރަޕީ ޑިޕާޓުމަންޓުގެ އެތެރެ. ސްޕޯޓްސް އިންޖަރީތަކަށް ވެސް އެ ތަނުން ރިހިބިލިޓޭޓު ކޮށްދޭނެ. -- ފޮޓޯ: އޭޑީކޭ

ފިޒިއޮތެރަޕީ ޑިޕާޓުމަންޓުގެ އެތެރެ. ސްޕޯޓްސް އިންޖަރީތަކަށް ވެސް އެ ތަނުން ރިހިބިލިޓޭޓު ކޮށްދޭނެ. -- ފޮޓޯ: އޭޑީކޭ

ރޮބޮޓިކް ރިހެބިލިޓޭޝަން ދެނީ ނާރުގެ އެކި މައްސަލަތަކަށް ފަރުވާ ދިނުމަށެވެ. އަލަށް ތައާރަފުކުރި އެ ހިދުމަތާ އެކު ނާރުގެ ގިނަ ބަލިތަކަށް ބޭނުންވާ ފަރުވާ ދެވޭނެ އެވެ. އާ ހިދުމަތްތަކުގެ ތެރެއިން މަސްކިއުލާ ސްކެލެޓަލް އަލްޓްރާ ސައުންޑަކީ ރާއްޖޭގައި އާއްމުކޮށް ދޭ އަލްޓްރާ ސައުންޑާ ތަފާތު، ރާއްޖެ އަށް ވެސް އާ ހިދުމަތެކެވެ.

މަސްކިއުލާ އަލްޓްރާ ސައުންޑަކީ ކެލްސިއަމް ގަނޑުވުމުން ދޭ ތެރަޕީގައި، ކެލްސިއަމް ސީދާ ގަނޑުވެފައި ހުންނަ ދިމާ ފާހަގަކޮށް، އެ ތަނަށް ފަރުވަ ދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެ ހިދުމަތް އަލްޓްރާ ސައުންޑުން ދޭއިރު ސީދާ ދޭން ޖެހޭ ޕޮއިންޓް ފާހަގައެއް ނުވާނެ އެވެ. އެ އިން އެ ފަރުވާ ދެނީ ކެލްސިއަމް ގަނޑުވެފައިވާ ކަމަށް ބެލެވޭ ސަރަހައްދަށް އެއްކޮށެވެ.

ޝޮކް ވޭވް ތެރަޕީ އަކީ ވެސް ކެލްސިއަމް ގަނޑުވެފައި ހުންނަ ތަންތަން ފާހަގަކޮށް، އެ ގޮއްވައިލުމަށް ދޭ ތެރަޕީއެކެވެ. އަނިޔާތަކަށް ފަހު އުފެދޭ ޓްރިގާ ޕޮއިންޓްތަކަށް ފަރުވާ ދިނުމަށް ވެސް އެ ތެރަޕީ ބޭނުން ކުރެވޭނެ އެވެ. އެއީ ވެސް ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކޮށްފައިވާ ހިދުމަތެކެވެ.

އޭޑީކޭގެ އާ ފިޒިއޮތެރަޕީ ޑިޕާޓްމަންޓުގައި ބައެއް ކުދިކުދި އާ ހިދުމަތްތައް ވެސް ތައާރަފުކޮށްފައިވާއިރު، ވެސްޓިބިއުލާ ރިހިބެލިޓޭޝަން ފާހަގަ ކޮށްލެވެ އެވެ. އެ ފަރުވާއަކީ ކަންފަތުގައި ޖެހޭ މައްސަލައެއްގެ ސަބަބުން މީހާގެ ބެލެންސަށް ކުރިމަތިވާ ކަންކަމަށް ދޭ ހިދުމަތެކެވެ.

އޭޑީކޭގެ އާ ފިޒިއޮތެރަޕީ ޑިޕާޓުމަންޓްގައި އިސްކަން ދެނީ "ވަން އޮން ވަން" ތެރަޕީތަކެއް ދިނުމަށެވެ. ކޮންމެ ބަލިމީހަކަށް ވަކި ވަގުތެއް ކަނޑައަޅާނެ އެވެ. ފިޒިއޮތެރަޕީ ޑިޕާޓުމަންޓުގައި ބަލިމީހުންނަށް އެހީތެރިވުމަށް ފިޒިއޮތެރަޕީ އެސިސްޓެންޓުން މިހާރު އަންނަނީ ތަމްރީނު ކުރަމުންނެވެ. ރާއްޖޭގައި އެ ފަދަ އެހީތެރިންނެއް އަދި ނުތިބެ އެވެ.

އޭޑީކޭގައި ފިޒިއޮތެރަޕީ ބޭނުންވާ މީހުން ނަން ނޯޓުކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެޕޮއިންޓްމަންޓު ހަދައި ދޭނެ އެވެ. ހިދުމަތް ހޯދަން ދާތާ ގިނަ ވެގެން ދެ ގަޑިއިރުގެ ތެރޭގައި ހިދުމަތް ލިބޭނެ އެވެ. ހިދުމަތުގެ މެމޯ ފިޒިއޮތެރަޕީ ޑިޕާޓުމަންޓުން ލިބޭނެ އެވެ. އެ ޑިޕާޓުމަންޓު ހުންނަނީ އެ ހޮސްޕިޓަލުގެ ޑީ ބްލޮކުގެ ހަތް ވަނަ ފްލޯގައެވެ.

ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.