Roadha Mihaaru
"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ

"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ

16 އޮކްޓޯބަރ 2023

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް"ގެ ތިންވަނަ ފިލްމު "ސިންގަމް އެގެއިން"ގައި ދީޕިކާ ޕަދުކޯން ފެންނާނެ ގޮތް އިއްޔެ ދައްކާލައިފި އެވެ.

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް"ގެ ތިންވަނަ ފިލްމު "ސިންގަމް އެގެއިން"ގައި ދީޕިކާ ޕަދުކޯން ފެންނާނެ ގޮތް އިއްޔެ ދައްކާލައިފި އެވެ.

"ސިންގަމް އެގެއިން"ގައި ދީޕިކާ ވެސް ކުޅެނީ ފުލުހެއްގެ ރޯލެވެ. އެ ފިލްމުގައި ދީޕިކާ ފެންނާނެ ގޮތުގެ ޕޯސްޓަރެއް އިއްޔެ އާންމުކުރީ، ފިލްމުގެ ރޯލެއް ދީޕިކާ އަށް ހުށަހެޅި ކަމަށް އަޑު ފެތުރިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ.

ދީޕިކާ އިންސްޓަގްރާމް އެ ޕޯސްޓަރު ހިއްސާކޮށް ބުނީ އެ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާ އަށް ކިޔަނީ، ޝަކްތީ ޝެޓީ" ކަމަށެވެ. އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ "ސިންގަމް" ފިލްމު ސީރީޒްގެ މި ފިލްމުގައި ދީޕިކާ ކުޅޭނީ އަޖޭގެ ކޮއްކޮގެ ރޯލު ކަމަށް ރިޕޯޓްތައް ބުންޏެވެ.

މިދިޔަ މަހު ޝޫޓިން ފެށި "ސިންގަމް އެގެއިން"ގެ ވިލަންގެ ރޯލަށް އަރުޖުން ކަޕޫރު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރެވެ.

އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލު ކުޅުނު އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް"ގެ ފުރަތަމަ ފިލްމު 2011 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ފިލްމު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. ފުރަތަމަ ފިލްމުގެ ބަތަލާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާއަކީ ކަރީނާ ކަޕޫރެވެ. އަދި ތިންވަނަ ފިލްމުގައި ވެސް ކަރީނާ ފެންނާނެ ކަމަށްވެ އެވެ.

ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް ފިލްމު ސީރީޒްގައި އިތުރު ދެ މައި ކެރެކްޓާ އުޅެ އެވެ. އެއީ އަކްޝޭ ކުމާރު ފުލުހެއްގެ ރޯލު ކުޅުނު "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންހު ފުލުހެއްގެ ރޯލު ކުޅޭ "ސިމްބާ" އެވެ. އެ ކެރެކްޓާތަކަށް ބިނާކޮށް ވެސް ފިލްމުތައް ވަނީ ގެނެސްދީފަ އެވެ. "ސޫރިޔަވަންޝީ"ގައި އަކްޝޭއާ އެކު ރަންވީރު އަދި އަޖޭ ވެސް ފެނުނެވެ.

ރޯހިތު ބުނި ގޮތުގައި، "ސިންގަމް 3"ގައި ވެސް އެ ތިން އެކްޓަރުން ފެންނާނެ އެވެ.