Roadha Mihaaru
މައިކަލް ކެއިން ފިލްމު ކުޅުން ހުއްޓާލައިފި

މައިކަލް ކެއިން ފިލްމު ކުޅުން ހުއްޓާލައިފި

16 އޮކްޓޯބަރ 2023

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އިނގިރޭސި އެކްޓަރު މައިކަލް ކެއިން ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކޮށްފި އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އިނގިރޭސި އެކްޓަރު މައިކަލް ކެއިން ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކޮށްފި އެވެ.

ލެޖެންޑަރީ އެކްޓަރެއް ކަމަށްވާ މައިކަލް ކެއިން ރިޓަޔާކުރި ކަން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހު ބީބީސީ ރޭޑިއޯ 4 އަށް އޭނާ ދިން އިންޓަވިއުއެއްގަ އެވެ.

އިނގިރޭސިވިލާތަށް އުފަން، އުމުރުން 90 އަހަރުގެ މައިކަލް ކެއިން ބުނީ ރިޔަޓާކުރަން އޭނާ ވިސްނަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެކަން ކުރަންވީ ވަގުތު މިހާރު އަތުވެއްޖެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

މައިކަލް ކެއިން ރިޓަޔާކުރި ކަން އިއުލާން ކުރުމާ އެކު، އޭނާ ކުޅުނު އެންމެ ފަހު ފިލްމަކަށް މިހާރު ވެފައި ވަނީ މި މަހު ހައެއްގައި ރިލީޒްކުރި "ދަ ގްރޭޓް އެސްކޭޕާ" އެވެ.

އޭނާގެ އެންމެ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ދަ މޭން ހޫ ވުޑް ބީ ކިންގް" އާއި "އިންޓަސްޓެލާ" އާއި "ޕަލްޕް" އާއި "ދި އިޓާލިއަން ޖޮބް" އާއި "ބްލަޑް އެންޑް ވައިން" އަދި "ދަ ޑާކް ނައިޓް" ކަހަލަ އެތައް ފިލްމެއް ހިމެނެ އެވެ.

އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިވީ 80 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 160 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވެ އެވެ. އޭނާ ފަސް ފަހަރެއްގެ މަތިން އޮސްކާގައި އެންމެ މޮޅު އެކްޓަރަށް ނޮމިނޭޓުވި އިރު، ދެ ފަހަރަކު އެ އެވޯޑު ކާމިޔާބު ކޮށްފައިވެ އެވެ.