ފިލްމީ ދުނިޔޭގެ ތާރީހުގައި މިހާތަނަށް ކުރާ އެންމެ ބޮޑު ހަޅުތާލު ފެށުމުން ހޮލީވުޑްގެ ހުރިހާ މަސައްކަތްތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ފިލްމީ ދުނިޔޭގެ ތާރީހުގައި މިހާތަނަށް ކުރާ އެންމެ ބޮޑު ހަޅުތާލު ފެށުމުން ހޮލީވުޑްގެ ހުރިހާ މަސައްކަތްތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މި ހަޅުތާލަކީ ފާންނާނުންނަށް އުޖޫރަ ދިނުމުގައި ހުރި ތަފާތުކުރުންތަކާއި ސްޓޫޑިއޯތަކުން އޭއައި ޓެކްނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވުމާއި ޑިޖިޓަލް ސްޓްރީމިންގެ ފައިދާ ބެހުމުގައި ނާއިންސާފުން ކަންކަން ކުރުން ކަހަލަ އެކި މައްސަލަތަކާ ގުޅިގެން، ހޮލީވުޑްގެ އެކްޓަރުން ތަމްސީލުކުރާ ޖަމިއްޔާ، ސްކްރީން އެކްޓާސް ގިލްޑް އިން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.
އެ ޖަމިއްޔާއިން ބުނީ ހަޅުތާލު ފަށަން ޖެހުނީ ސްޓޫޑިއޯތަކާ މަޝްވަރާކޮށްގެން ވެސް މި މައްސަލަ ހައްލެއް ނުލިބުން ކަމަށެވެ.
ހޮލީވުޑްގައި ފަންނާނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅަށް އެމެރިކާގެ ލޮސް އެންޖެލަސްގައި ހަޅުތާލު ކުރަނީ.-- ފޮޓޯ: ޖެޓީ އިމޭޖެސް
މި ހަޅުތާލު ފެށިއިރު، ހޮލީވުޑްގެ ލިޔުންތެރިން ވެސް އުޖޫރައިގެ މައްސަލާގައި ހަޅުތާލު ކުރަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އޭގެ ސަބަބުން ވެސް ގިނަ ޕްރޮޖެކްޓުތަކެއް އޮތީ ހުއްޓިފަ އެވެ.
އެމެރިކާގެ ނިއު ޔޯކް އާއި އެހެން ބައެއް ސިޓީތަކުގައި ހުންނަ ހޮލީވުޑްގެ އެކި ސްޓޫޑިއޯތަކުގެ އޮފީސްތައް ކުރިމަތީގައި ފަންނާނުން އަންނަނީ އިއްޔެ އިން ފެށިގެން ހަޅުތާލުކުރަމުންނެވެ. ބީބީސީން ރިޕޯޓްކުރި ގޮތުގައި، މިދިޔަ 40 އަހަރުގެ ތެރޭގައި ހޮލީވުޑަށް މިހާ ބޮޑު ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. އަދި 160،000 އެއްހާ ފަންނާނުން މަސައްކަތް ހުއްޓާލައިފި ކަމަށް އެ ނޫހުގައި ބުންޏެވެ.
ދަ ގާޑިއަން އިން ރިޕޯޓްކުރި ގޮތުގައި، މިއީ މިދިޔަ 63 އަހަރުގެ ތެރޭގައި ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުން އެއްފަހަރާ ހަޅުތާލަށް ނުކުތް ވެސް ފުރަތަމަ ފަހަރެވެ.
ހޮލީވުޑްގައި ފަންނާނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅަށް އެމެރިކާގެ ނިއު ޔޯކްގައި ހަޅުތާލު ކުރަނީ.-- ފޮޓޯ: ޖެޓީ އިމޭޖެސް
މި ހަޅުތާލުގެ ސަބަބުން ހޮލީވުޑްގެ މަޝްހޫރު ތަރިންނަށް އެމީހުންގެ ކުރިއަށް އޮތް އާ ފިލްމުތަކުގެ ޕްރިމިއާ އިވެންޓުތަކާއި ޕްރޮމޯޝަނަލް އިވެންޓުތަކުގައި ވެސް ބައިވެރި ނުވެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ އެ ޖަމިއްޔާގައި ރަޖިސްޓްރީވެފައި ތިބޭ މެމްބަރުންނަށް އެ ކަންކަން ކުރުން މަނާކޮށްފައި ވާތީ އެވެ.
During the strike, SAG-AFTRA members cannot do the following ?
— Variety (@Variety) July 13, 2023
○ Tours
○ Personal appearances
○ Interviews
○ Conventions
○ Fan expos
○ Festivals
○ For your consideration events
○ Panels
○ Premieres/screenings
○ Award shows
○ Junkets
○ Podcast appearances
○ Social…
ރިޕޯޓްތައް ބުނި ގޮތުގައި، ކުރިއަށް އޮތް ހޮލީވުޑްގެ އެންމެ ބޮޑު ދެ އިވެންޓް ކަމަށްވާ އެމީ އެވޯޑްސް އާއި ކޮމިކް ކޮން ހިމެނޭ ގޮތަށް ވަރަށް ގިނަ އިވެންޓުތައް ވެސް މިކަމުގެ ސަބަބުން ފަސްކުރަން ޖެހޭނެ އެވެ.
ހޮލީވުޑްގެ އޭ-ލިސްޓެޑް ވަރަށް ގިނަ ތަރިން ވެސް އަންނަނީ މި މުޒާހަރާއަށް ތައީދުކުރަމުންނެވެ. އޭގެ ތެރޭގައި މާގޯ ރޯބީ، މެރިލް ސްޓްރީޕް އަދި ޑްވޭން ޖޯންސަން ކަހަލަ މަޝްހޫރު އެތައް ތަރިންނެއް ހިމެނެ އެވެ.
ޖޯޖް ކްލޫނީ އާއި ޓެރެންޓީނޯއާ ދެމެދުގައި ރުޅިވެރިކަން
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
މައިކަލް ކެއިން ފިލްމު ކުޅުން ހުއްޓާލައިފި
ވިލް ސްމިތު އޮސްކާ އަށް ދިއުން 10 އަހަރަށް މަނާ!
ސިކުނޑީގެ ބައްޔަކާ ހެދި ބްރޫސް އެކްޓިންނާ ދުރަށް ދަނީ
އެވަންސްގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ
ކެވިން ހާޓްގެ ކުރީގެ މުވައްޒަފަކަށް ވައްކަމުގެ ދައުވާ
ސިސަލީ ޓައިޒަން 96 އަހަރުގައި ވެސް ޒުވާން!
އެކްޓަރު ޖެރީ ސްޓިލާ މަރުވެއްޖެ
ނެޓްފްލިކްސް އިން ސިނަމާގައި ވެސް ފިލްމު ދައްކަނީ