16 އޮކްޓޯބަރ 2023
އިސްރާއީލުން ފަލަސްތީނުގެ ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ދިވެހި ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ވެއާ ހައުސްއަކަށް މިއަދުގެ ބޮމުގެ ހަމަލާއެއް ދީފި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ދިވެހި ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ވެއާ ހައުސްއަކަށް މިއަދުގެ ބޮމުގެ ހަމަލާއެއް ދީފި އެވެ.
އައިއޭސީ އިން ބުނީ، ފަލަސްތީނުގެ މީހުންނަށް އެހީގެ ގޮތުގައި ގެނެސްފައި ހުރި ގިނަ އަދަދެއްގެ ސާމާނުތަކަށް އެ ހަމަލާގައި ގެއްލުން ލިބުނު ކަމަށެވެ.
އެ ވެއާ ހައުސްގައި ބަހައްޓާފައި ހުރި 2،000 ބްލެންކެޓާއި 1،000 ފުޑް ޕެކާއި 3،000 އަންނައުނު ޕެކް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ކުއްލި ޚަބަރު???
— International Aid Campaign (@IACMaldives) October 16, 2023
އައިއޭސީގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް ޔަހޫދީން މިވަނީ ހަމަލާދީފަ.
މިހަމަލާގައި ވެއަރ ހައުސް ވަނީ އެއްކޮށް ހަލާކުވެފަ.
2000 ރަޖާ
1000 ވަގުތުން ކެވޭގޮތަށް ތައްޔާރު ކުރެވިފައިވާ ޕެކް
3000 އަންނައުނު ޕެކް
އަދި މީގެ އިތުރުން އަޅުގަނޑުމެންގެ މުވައްޒަފުން… pic.twitter.com/ULMKnJ1bQ5
އައިއޭސީގެ މުވައްޒަފުން ދަތުރުކުރަމުންދިޔަ ކާރަކަށް ވެސް އިސްރާއިލުން ހަމަލާދިން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އައިއޭސީ އިން ބުނިގޮތުގައި އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ފަލަސްތީނަށް އެހީވުމަށް އައިއޭސީ އިން ހުޅުވި ފަންޑަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާ އިން މިއަދު ވަނީ ބުނެފަ އެވެ.
އިސްރާއިލުން މިހާރު ގާޒާ އަށް ދެމުން ދަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި، އިސްރާއިލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 2،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފަ އެވެ. އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހި، ގެދޮރު ގެއްލިފައި ވެ އެވެ.
އިޒްރޭލު ވަނީ ގަތުލުއާންމާބެހޭ މުއާހަދާއާ ހިލާފުވެފައި
އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރުނުކުރަން އަންގައިފި
އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް:ރާއްޖެ
އިޒްރޭލު މީހުންނާއި އިމްޕޯޓު މަނާކުރަން ގޮވާލައިފި
އދ. އިން އިޒްރޭލު ހުއްޓުވަން ރާއްޖޭން ތެދުވެއްޖެ
ރާއްޖެ ކުޑަޔަސް ފަލަސްތީނަށްޓަކައި އުފުލާ އަޑު ގަދަ
ގާޒާ ހޮސްޕިޓަލް ހަމަލާ އިންސާނިއްޔަތާ ހިލާފު: ސަރުކާރު
ފަލަސްތީނުގެ މީހުންނަށްޓަކައި ގުނޫތު ކިޔަން އަންގައިފި
ފަލަސްތީނަށް އެހީވާން އެެއްކުރި ފައިސާ ފޮނުވައިފި
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"