Roadha Mihaaru
ޓްރީޓޮޕުން އިހުމާލުވާ ކަމަށް ބުނާ މައްސަލަ ބަލަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން އިހުމާލުވާ ކަމަށް ބުނާ މައްސަލަތައް މިނިސްޓްރީން ބަލަން ފަށައިފި

18 އޮކްޓޯބަރ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދަން ދާ ބަލި މީހުންނަށް އިހުމާލުވާ ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދަން ދާ ބަލި މީހުންނަށް އިހުމާލުވާ ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދިނުމަށް މީގެ ފަސް އަހަރު ކުރިން ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުދޭ ކަމަށާއި ބަލިމީހުންނަށް އިހުމާލުވާ ކަމަށް ބުނެ އެ ހޮސްޕިޓަލާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރާ ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މުޒާހަރާ އަށް ނުކުތީ، ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ކަމަށް ބުނެ އެވެ. އެއާ އެކު، ޓްރީ ޓޮޕްގެ އިހުމާލުން ހިނގާފައިވާ ކަމަށް ބުނާ އެކި ކަންކަން އެކި ފަރާތްތަކުން ދަނީ ފެންމަތި ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ހޮސްޕިޓަލުން ވަމުންދާ އިހުމާލުތައް ކިޔައިދޭން ފަށައިފަ އެވެ.

އެކަމަކު، އެ މައްސަލަތަކާ ގުޅިގެން، ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) "މިހާރު" އަށް މިއަދު ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެއްވެސް މައްސަލައެއް މިނިސްޓްރީ އަށް ލިބިފައެއް ނެތް ކަމަށެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތައް ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައުމުން، އެ މައްސަލަ އެ މިނިސްޓްރީން ބަލަން ފަށާފައިވާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ. އެހެންވެ، ހެލްތު މިނިސްޓްރީގެ އިސްނެގުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިންނާ އެކު މިދިޔަ އާދިއްތަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ އިހުމާލުތަކުގެ މައްސަލަތައް ސަރުކާރުގެ ފަރާތުން މޯލްޑިވްސް މެޑިކަލް ކައުންސިލާއި ނާސިން ކައުންސިލުންނެވެ.

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމަތީގައި މުޒާހަރާ ކުރަމުންދާތީ އެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން އިއްޔެ އެދުނެވެ.

ރަސްމީކޮށް ހުށަހަޅާ ކޮންމެ ޝަކުވާއަކީ ކަންބޮޑުވުމެއް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު، ވީ އެންމެ އަވަސް މުއްދަތެއްގައި އެ ކަމެއް ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ދިނެވެ.

އެކި ފަރާތްތަކުން ފެންމަތި ކުރަމުންދާ ވަކިވަކި މައްސަލަތަކާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުން ވާހަކައެއް ނުދައްކަ އެވެ.