ރަބާތު (އޮކްޓޫބަރު 18) - ޖަރުމަންގެ ބެޔާން މިއުނިކަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު ނުސެއިރު މަޒްރޫއީ ސޯޝަލްމީޑިއާގައި ފަލަސްތީނަށް ތާއިދު ކުރުމާ ގުޅިގެން، ބެޔާން މިއުނިކުން ކަންބޮޑުވެއްޖެ އެވެ.
ރަބާތު (އޮކްޓޫބަރު 18) - ޖަރުމަންގެ ބެޔާން މިއުނިކަށް ކުޅޭ މޮރޮކޯގެ ޑިފެންޑަރު ނުސެއިރު މަޒްރޫއީ ސޯޝަލްމީޑިއާގައި ފަލަސްތީނަށް ތާއިދު ކުރުމާ ގުޅިގެން، ބެޔާން މިއުނިކުން ކަންބޮޑުވެއްޖެ އެވެ.
މަޒްރޫއީގެ ސޯޝަލް މީޑިއާ ޕޯސްޓުތަކާ އެކު ބެޔާނުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. މިވަގުތު ގައުމީ ޓީމާއެކު ހުރި މަޒްރޫއީ އަށް ބެޔާނުން ވަގުތުން ގުޅައި، އޭނާ އެނބުރި މިއުނިކަށް އައުމުން "ވަރަށް ފުން ޒާތީ މަޝްވަރާއެއް" ކުރަން ނިންމާފައި ވާކަމަށް އެ ބަޔާނުގައި ބުނެ އެވެ.
ބެޔާނުން ބަޔާން ކުރާ ގޮތުގައި އެ ކުލަބުން ވަކި އުސޫލުތަކަކަށް އަމަލުކުރުންމަތީ ދެމިހުންނަ ކަމަށާއި، ތިބީ އިސްރާއީލާ އެކު ކަމަށެވެ. އަދި އިސްރާއީލަށް ދެމުން ގެންދަނީ "ޓެރަރިސްޓް ހަމަލާތަކެއް" ކަމަށް ވެސް އެބަޔާނުގައި ވެއެވެ.
"ބެޔާން މިއުނިކުގެ އުސޫލުތައް މި ކުލަބުގެ ކޮންމެ މުވައްޒަފަކަށް އަދި ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގޭނެ. އެ ކަންކަން އަހަރެމެން ހުންނާނީ ވަރަށް ފާޅުކޮށް އާއްމުންނަށް ވެސް ހާމަ ކޮށްދީފައި،" ބެޔާނުން ނެރުނު ބަޔާނުގައި ވެއެވެ.
ފަލަސްތީނަށް ތާއީދުކުރުމާ ގުޅިގެން ޖަރުމަންގެ މީޑީއާތަކުން ވަނީ މަޒްރޫއީ އަކީ "ޓެރަރިޒަމަށް ތާއީދުކުރާ ކުޅުންތެރިއެއް" ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.
ޖަރުމަންގެ ނޫސް ސްޕޯޓްބިލްޑް އިން ވަނީ މަޒްރޫއީ އަކީ "ޓެރަރިޒަމަށް ތާއީދުކުރާ، ކުށެއް ނެއް އާއްމުން މަރަން ހިއްވަރުދޭ" ފަރާތެއް ގޮތުގައި ސިފަކޮށް، ހަނގުރާމައިގައި މަރުވި އިސްރާއީލު މީހުންގެ ހަނދާން އާކުރާ ހަރަކާތަކަށް ބުންޑެސްލިގާއިން ތައްޔާރުވަމުން އަންނައިރު ހާމަކަން ބޮޑުގޮތެއްގައި ފަލަސްތީނަށް ތާއީދުކުރުމުގެ މަގުސަދާ މެދު ސުވާލު އުފައްދައި ޖަވާބުދާރީ ވާން ގޮވާލައިފަ އެވެ. އަދި ހަމާސްގެ ލޭއޮހޮރުވުންތަކާ ދުރު ވާން ވެސް އެ ނޫހުން ވަނީ މަޒްރޫއީ އަށް ގޮވާލައިފަ އެވެ.
ބެޔާނުގެ ނޫސްބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ބެޔާނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން ކެރިއަރު ފެށި މަޒްރޫއީ، 25، ބެޔާނަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ. މިދިޔަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ކުޅުނު މޮރޮކޯ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި މަޒްރޫއީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅެދީ، ދެ ގޯލު ޖަހައިފަ އެވެ.
މަޒްރޫއީގެ އިތުރުން ވެސް މޮރޮކޯ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ހަކީމް ޒިޔެޝް އާއި އަބްދުލްހަމްދީ ސަބީރީ ވެސް ވަނީ ސޯޝަލްމީޑީއާގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅު ކޮށްފަ އެވެ.
ޕީއެސްޖީއަށް ކުޅޭ އަޝްރަފް ހަކީމީ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ނިމިދިޔަ ފީފާ ވޯލްޑް ކަޕްގައި މޮރޮކޯ އިން އަރަބި ދުނިޔެ ފަހުރުވެރި ކޮށްދިންއިރު، ފަލަސްތީނު ރައްޔިތުން މޮރޮކޯ އަށް ކުރި ސަޕޯޓު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ފަލަސްތީނުން ވަނީ މޮރޮކޯ ޓީމުން ހިތްވަރެއް ލިބިގެންފައި ކަމަށެވެ. އަދި މޮރޮކޯ ޓީމު ތިބޭނީ އަބަދުވެސް ފަލަސްތީނާއެކު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ތިން މެޗަށް ސަސްޕެންޑްވި ޑިއާޒްގެ އަދަބު ލުއިކޮށްދީފި
ޑިއާޒް އާއި ޖެކްސަން، ފަހު ވަގުތު ބެޔާން މޮޅުކޮށްދީފި
ގަދަފަދަ ބެޔާން ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!
ހެރީ ކޭން ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފި
އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް މޮރޮކޯއަށް
ބަޔާނުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި
ނިންމުން ބަދަލުކޮށް ޖެކްސަން ބެޔާނަށް ފޮނުވާލަނީ
ޑިލެޕްއަށް އަނިޔާ: ޖެކްސަންގެ ލޯން ޑީލް ކެންސަލް
ޑިއާޒަށް ބެޔާނުން ކުރި ބިޑަށް ލިވަޕޫލުން ބުނީ ނޫނެކޭ