މިއުނިކް (ނޮވެމްބަރު 30) - ޖަރުމަން ބުންޑެސްލިގާގައި ރޭ ބެޔާން މިއުނިކާއި އެސްޓީ ޕައުލީ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް ލުއިސް ޑިއާޒް އާއި ނިކޮލަސް ޖެކްސަން ޖަހައިދިން ގޯލުތަކާ އެކު 3-1 އިން ބެޔާން މޮޅުވެއްޖެ އެވެ.
މިއުނިކް (ނޮވެމްބަރު 30) - ޖަރުމަން ބުންޑެސްލިގާގައި ރޭ ބެޔާން މިއުނިކާއި އެސްޓީ ޕައުލީ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް ލުއިސް ޑިއާޒް އާއި ނިކޮލަސް ޖެކްސަން ޖަހައިދިން ގޯލުތަކާ އެކު 3-1 އިން ބެޔާން މޮޅުވެއްޖެ އެވެ.
ބެޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕައުލީ ވަނީ ހަ ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑޫ ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބާންލީގެ ލޯނު އެއްބަސްވުމެއްގައި އެ ޓީމަށް ކުޅެމުން އަންނަ އަންޑްރެސް ހައުންޓަންޖީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، ރަފައެލް ގުރޭރޯ، ބެޔާނަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.
ޑިއާޒް އާއި ޖެކްސަން، ބެޔާން މޮޅު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ބެޔާން ލީޑު ނެގީ ޑިއާޒް ޖަހައިދިން ގޯލުންނެވެ. އަދި ޖެކްސަން ލަނޑު ޖެހީ އޭގެ ތިން މިނިޓު ފަހުންނެވެ.
ދެވަނަ ހާފުގައި ހެރީ ކޭން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
ބެޔާން މިހާތަނަށް މި ސީޒަންގައި ބަލިވެފައި ވަނީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި އާސެނަލް އަތުންނެވެ. ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ، އެއް މެޗު އެއްވަރު ކޯށްލައިގެން އެ ޓީމު ވަނީ މިހާތަނަށް 34 ޕޮއިންޓް ހޯދައިފަ އެވެ.
ލީގު ތާވަލްގެ އެއްވަނައިގައި ބެޔާން އޮތް އިރު، ދެވަނައިގައި އޮތީ 26 ޕޮއިންޓް ހޯދާފައިވާ އާރުބީ ލައިޕްޒިގެވެ. ތިންވަނައިގައި އޮތް ބޮރޫޝީއާ ޑޯޓްމަންޑް ވަނީ 25 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރުވަނައިގައި އޮތް ބެޔާ ލެވަކޫސަން އާއި ފަސްވަނައިގައި އޮތް ހޮފެންހެއިމް އަށް ވެސް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ.
ފަހު ވަގުތު ބެޔާން އަތުން ބަލިވުމުން އެސްޓީ ޕައުލީ އަދިވެސް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.
ހެރީ ކޭން ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފި
މުލާ އަށް އަލްވަދާއު، ކޭންގެ ފުރަތަމަ ތަށި
15 އަހަރުވީ ކެރިއާގައި ކޭންއަށް ފުރަތަމަ ތަށި
ކޭން ނެތި ކުޅުނު މެޗުން ބެޔާންގެ އިންތިޒާރު ދިގުވެއްޖެ
ކޭންގެ 60 ވަނަ ލަނޑާއެކު ބެޔާން ލީގު ހޯދުމާ ގާތަށް
ބެޔާނާއި ޑޯޓްމަންޑް އަދި ލެވަކޫސަން ވެސް ބަލިވެއްޖެ
ކޮމްޕެނީ އާއެކު ލީގުގައި ބެޔާނުގެ ފުރަތަމަ ބަލި
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް