Roadha Mihaaru
އާސެނަލް މޮޅުކޮށްދިން ގޯލަށްފަހު ޖީސަސްއަށް އަނިޔާވެއްޖެ

އާސެނަލް މޮޅު ކޮށްދިން ލަނޑަށް ފަހު ޖީސަސް އަށް އަނިޔާ ވެއްޖެ

25 އޮކްޓޯބަރ 2023

ސެވިއްޔާ (އޮކްޓޫބަރު 25) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްޕެއިންގެ ސެވިއްޔާއާ ވާދަކޮށް 2-1 އިން އާސެނަލް މޮޅު ކޮށްދިން ގޯލު ޖެހުމަށް ފަހު އެޓީމުގެ ގެބްރިއަލް ޖީސަސް އަށް އަނިޔާ ވެއްޖެ އެވެ.

ސެވިއްޔާ (އޮކްޓޫބަރު 25) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ސްޕެއިންގެ ސެވިއްޔާއާ ވާދަކޮށް 2-1 އިން އާސެނަލް މޮޅު ކޮށްދިން ގޯލު ޖެހުމަށް ފަހު އެޓީމުގެ ގެބްރިއަލް ޖީސަސް އަށް އަނިޔާ ވެއްޖެ އެވެ.

އެންމެ ފަހުން ފްރާންސްގެ ލެންސް އަތުން ބަލިވެ އާސެނަލް އަށް ގުރޫޕްގެ އެއްވަނަ ގެއްލުނު ނަމަވެސް، ރޭ ޕީއެސްވީއާ ދެކޮޅަށް ލެންސް ކުޅުނު މެޗު އެއްވަރު ވުމުން އާސެނަލް ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ.

ސެވިއްޔާއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލް ލީޑު ނެގީ ޖީސަސްގެ އެހީތެރިކަމާ އެކު ގެބްރިއެލް މާޓިނެއްލީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. މިއީ މާޓިނެއްލީ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނިޓުގައި ގެބްރިއެލް ޖީސަސް އާސެނަލް އަށް ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް އޭގެ ފަސް މިނިޓް ފަހުން ސެވިއްޔާގެ ހަމައެކަނި ގޯލު ޖަހައިދިނީ ނެމަންޔާ ގުޑޭއި އެވެ.

ޖީސަސް ވަނީ ޗެމްޕިއަންސް ލީގުގައި އާސެނަލް މިހާތަނަށ ްކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ނަމަވެސް ރޭގެ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޖީސަސް އަށް އަނިޔާ ވެގެން ކޯޗު މިކެލް އާޓެޓާ ވަނީ އޭނާ ބަދަލު ކޮށްފަ އެވެ.

"އޭނާއަށް ދިމާވީ ހޭމްސްޓްރިންގް މައްސަލައެއް ހެން ހީވަނީ. އަނިޔާވުމުން ވަގުތުން އެދިއްޖެ ބަދަލު ކޮށްދޭން، އެއީ ރަނގަޅު ފާލެއް ކަމަކަށް ނުދެކެވޭ. ސަބަބަކީ ޖީސަސް އެއީ ކުޑަ އަނިޔާއެއް ވެގެން އެގޮތަށް ބަދަލުކުރަން އެދޭ ކުޅުންތެރިއެއް ނޫން. އަނިޔާގެ އިތުރު ތަފްސީލު ހޯދަން ކުޑަ ދުވަސްކޮޅަކަށް އިންތިޒާރު ކުރަން ޖެހޭނީ،" މެޗަށް ފަހު ކޯޗު އާޓެޓާ ބުންޏެވެ.

މާޓިނެއްލީ (ކ) ޗެމްޕިއަންސް ލީގުގައި ފުރަތަމަ ގޯލު ޖެހުމަށް ފަހު، އޭނާ އަށް ގޯލު ޖަހަން އެހީވީ ޖީސަސް (ވ).-- ފޮޓޯ: އޭއެފްޕީ

މާޓިނެއްލީ (ކ) ޗެމްޕިއަންސް ލީގުގައި ފުރަތަމަ ގޯލު ޖެހުމަށް ފަހު، އޭނާ އަށް ގޯލު ޖަހަން އެހީވީ ޖީސަސް (ވ).-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާން ވަނީ 2-1 އިން އޮސްޓްރިއާގެ ރެޑް ބުލް ސަލްޒްބާގް ބަލިކޮށްފަ އެވެ. ނަމަވެސް ގުރޫޕް ޑީގެ އެއްވަނައިގައި އޮތީ 1-0 އިން ޕޯޗުގަލްގެ ބެންފީކާ ބަލިކުރި ސްޕެއިންގެ ރެއާލް ސޮސިއެޑާޑެވެ.

އިންޓަ އާއި ސޮސިއެޑާޑަށް ވެސް ހަތް ޕޮއިންޓް ލިބިފައި ވާއިރު، ސޮސިއެޑާޑް އެއްވަނައިގައި އޮތީ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ. ސަލްޒްބާގް މިހާތަނަށް ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދާފައި ވާއިރު، ބެންފީކާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރެއާލް މެޑްރިޑް ވަނީ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ބްރާގާއާ ވާދަކޮށް 2-1 އިން ކުރިހޯދައި، މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ. ރޮޑްރިގޯ މެޗުގެ 16 ވަނަ މިނިޓުގައި ރެއާލަށް ލީޑު ނަގައިދިންއިރު، ދެވަނަ ހާފުގެ 16 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިނީ ޖޫޑް ބެލިންގްހަމް އެވެ. ބެލިންގްހަމް ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށ ްކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

ބެލިންގްހަމް ގޯލު ޖެހިތާ ދެ މިނިޓު ފަހުން ބެންފީކާ އަށް ސުން ކަނޑުވައިދިނީ އަލްވަރޯ ޖާލޯ އެވެ.

ރެއާލް ހިމެނޭ ގުރޫޕް ސީގެ ދެވަނައިގައި އޮތީ ރޭ ޖިއަކޯމޯ ރަސްޕަޑޯރީގެ ގޯލުން 1-0 އިން ޖަރުމަންގެ ޔޫނިއަން ބާލިން ބަލިކުރޮި ނަޕޯލީ އެވެ. ނަޕޯލީ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ބްރާގާ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، މުޅިން އަލަށް ޗެމްޕިއަންސް ލީގު ކުޅޭ ޔޫނިއަން ބާލިން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.