މެޑްރިޑް (އޮކްޓޯބަރު 26) - ބާސެލޯނާގެ ބޯޑްގެ ސްޕޯކްޕާސަން، ރެއާލް މެޑްރިޑް ފޯވާޑް ވިނީޝިއުސް ޖޫނިއާ އާ ދީމާކުރުމުން، ބާސެލޯނާ އަށް ކުރަން ހަމަޖެހިފައިވާ ދަތުރު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކެންސަލް ކޮށްފި އެވެ.
މެޑްރިޑް (އޮކްޓޯބަރު 26) - ބާސެލޯނާގެ ބޯޑްގެ ސްޕޯކްޕާސަން، ރެއާލް މެޑްރިޑް ފޯވާޑް ވިނީޝިއުސް ޖޫނިއާ އާ ދީމާކުރުމުން، ބާސެލޯނާ އަށް ކުރަން ހަމަޖެހިފައިވާ ދަތުރު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކެންސަލް ކޮށްފި އެވެ.
އެލްކްލެސިކޯ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރެއާލް އާއި ބާސާ، ކޭމްޕްނޯ ގައި ކުޅޭ މެޗަށް، ޕެރޭޒް ވެސް ބާސެލޯނާ އަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ބާސާގެ ބޯޑްގެ ސްޕޯކްޕާސަން މިކްއެލް ކޭމްޕްސް ވިނީޝިއުސް އަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާގައި ދިމާ ކުރުމުން ބާސެލޯނާގެ ބޯޑް މެންބަރުންނާ ބައްދަލު ކުރައްވަން ޕެރޭޒް ބޭނުން ނުވެ އެވެ.
އެކްސް ގައި، ކޭމްޕްސް ކުރި ޕޯސްޓްގައި ބުނެފައި ވަނީ ވިނީޝިއުސް އަށް މާލާމަތް ކުރުން ހައްގު ކަމަށާއި އޭނާ އަށް ކިޔާ އެއްޗިއްސަކީ ނަސްލީ ތަފާތުކުރުން ނޫން ކަމަށެވެ.
ރެއާލް ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް، ޕެރޭޒް ވަޑައިގެން އެ މެޗުތަކުގައި އަނެއްކޮޅުން ވާދަކުރާ ކްލަބްތަކުގެ ވެރިންނާ ބައްދަލުކޮށް ވީއައިޕީގައި މެޗު ބައްލަވަން އެ ކްލަބްތަކުގެ ވެރިންނާ އެކު ހުންނަވަ އެވެ.
ވިނީޝިއުސް އަށް ރައްދުވާ ގޮތަށް ކޭމްޕް ވާހަކަ ދެއްކުމުން ބާސާގެ ރައީސް ޔޮއާން ލަޕޯޓާ އަދި އެ ކްލަބްގެ ބޯޑް މެންބަރުންނާ ބައްދަލު ނުކުރަން ނިންމައި ޕެރޭޒް ނިންމެވީ ބާސެލޯނާ އަށް ދަތުރު ނުކުރުމަށެވެ.
ސްޕެއިންގެ މީޑީއާތަކުން ބުނީ، ޕެރޭޒް ބާސެލޯނާ އަށް ވަޑައިގަންނަވާ ގޮތަށް ކުރިން ނިންމާފައި އޮތުމުން ޕްރޮޓޮކޯލްގެ ކަންކަން ހަމަޖެއްސުމަށް ބާސާގެ ވެރިންނާ އެކު ރެއާލްގެ ޑިރެކްޓާ ޖެނަރަލް ހޯޒޭ އޭންހަލް ސަންޗޭޒް މުއާމާލަތްތައް ވެސް ކޮށްފައިވާ ކަމަށެވެ.
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ކުޅުންތެރިން ޑިވެލޮޕްކުރަން ބާސާއަށްވުރެ ރެއާލް ރަނގަޅު
އެލް ކްލެސިކޯ ރެއާލް އަށް، ނުފޫޒުގަދައީ ބެލިންހަމް
ބެރްނެބުއޭގައި ބާސާއިން ރެއާލް އަތްދަށުލައި ގަންބާލައިފި
އެލް ކްލެސިކޯ: ބާސާ ކުޅޭ ސްޓައިލް ވަރަށް ސާފު
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އިންތިހާބެއް ނެތި ރެއާލުގެ ރައީސްކަން ޕެރޭޒަށް
ރެއާލް ބަލިކޮށް ބާސާއަށް ސުޕަ ކަޕުގެ ކާމިޔާބު
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި