Roadha Mihaaru
"ފްރެންޑްސް"ގެ އެކްޓަރު މެތިއު ޕެރީ މަރުވެއްޖެ

"ފްރެންޑްސް"ގެ އެކްޓަރު މެތިއު ޕެރީ ގެނބިގެން މަރުވެއްޖެ

29 އޮކްޓޯބަރ 2023

އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޗޭންދުލާގެ ރޯލު ކުޅުނު އެކްޓަރު މެތިއު ޕެރީ މިއަދު މަރުވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޗޭންދުލާގެ ރޯލު ކުޅުނު އެކްޓަރު މެތިއު ޕެރީ މިއަދު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 54 އަހަރުގެ ޕެރީ މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖެލަސްގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ މަރުވީ ހޮޓް ޓަބެއްގެ ތެރެއަށް ގެނބިގެން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އޭނާގެ މަރުގެ މައްސަލަ ލޮސް އެންޖެލަސްގެ ޕޮލިސް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ޕެރީ އަކީ ޑްރަގް އެޑިކްޝަންގެ މައްސަލަ ހުންނަ މީހެކެވެ. މިދިޔަ އަހަރު ނެރުނު ޕެރީގެ މެމިއޯގައި ވެސް އޭނާ އެ ވާހަކަތައް ހިއްސާކުރި އެވެ.

އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ 1979 ވަނަ އަހަރު ނުކުތް ފިލްމު "240 ރޮބާޓް" އިންނެވެ. ނަމަވެސް، އޭނާ މަޝްހޫރުވެ، ގިނަ ބަޔަކު ދަންނަ މޫނަކަށް ވީ، އޭގެ 15 އަހަރު ފަހުން 1994 ވަނަ އަހަރު ނުކުތް ސިޓްކޮމް "ފްރެންޑްސް" އިންނެެވެ.

"ފްރެންޑްސް"ގައި ޗޭންދުލާގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި އޭނާ އަށް ލިބުނެވެ.

ޕެރީ މަރުވި އިރު އޭނާ ދުވަހަކު ވެސް މީހަކާ ނީނދެ އެވެ. އަދި ކުއްޖަކު ވެސް ނުހުރެ އެވެ.