ސްޓާ ވޯސްގެ "ޑާތު ވޭޑާ" އާއި ޑިޒްނީގެ ކާޓޫން "ލަޔަން ކިންގް"ގެ މުފާސާއަށް އަޑު އެޅި އެމެރިކާގެ އެކްޓަރު ޖޭމްސް އާލް ޖޯންސް މަރުވެއްޖެ އެވެ.
ސްޓާ ވޯސްގެ "ޑާތު ވޭޑާ" އާއި ޑިޒްނީގެ ކާޓޫން "ލަޔަން ކިންގް"ގެ މުފާސާއަށް އަޑު އެޅި އެމެރިކާގެ އެކްޓަރު ޖޭމްސް އާލް ޖޯންސް މަރުވެއްޖެ އެވެ.
އުމުރުން 93 އަހަރުގައި ޖޯންސް މަރުވީ މުސްކުޅި ބަލީގަ އެވެ. އޭނާ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ.
ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޖޯންސް ގިނަ ބަޔަކަށް އެނގޭނީ، ސްޓާ ވޯސް ފިލްމް ސީރީޒްގެ އެންމެ ވަރުގަދަ ވިލަން ކަމަށްވާ "ޑާތު ވޭޑާ"ގެ ކެރެކްޓާއަށާއި ޑިޒްނީގެ މަޝްހޫރު ކާޓޫން "ލަޔަން ކިންގް"ގެ މުފާސާގެ ކެރެކްޓާއަށް އަޑު އެޅި ފަންނާނުގެ ގޮތުގަ އެވެ. ޖޯންސްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ފީލްޑް އޮފް ޑްރީމްސް" އާއި "ކަމިން ޓު އެމެރިކާ" އަދި "ކޮނަން ދަ ބާބަރިއަން" ހިމެނެ އެވެ.
ޖޯންސްގެ ދިގު ކެރިއަރުގައި އޭނާ ވަނީ ތިން ޓޯނީ އެވޯޑާއި ދެ އެމީ އެވޯޑް އަދި ގްރޭމީ އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. އަދި 2011 ވަނަ އަހަރުގެ އޮސްކާގައި އޭނާއަށް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފަ އެވެ.
އެމެރިކާގެ އެންމެ ވަރުގަދަ ބްރޮޑްކާސްޓަރު ސީސީއެންގެ ޓެގްލައިން "ދިސް އިޒް ސީއެންއެން"އަށް ވެސް އަޑު އެޅީ އޭނާ އެވެ.
ފިލްމް އެކްޓަރެއްގެ އިތުރުން ޖޯންސް އަކީ ތިއޭޓާ އެކްޓަރެކެވެ.
ޖޯންސް މަރުވި އިރު އޭނާގެ އަންބަކު ނުހުރެ އެވެ. އެކަމަކު، ކުރިން ވަނީ ދެ ކައިވެންޏެއް ކޮށްފަ އެވެ. އޭނާގެ އެއް ކުއްޖަކު ހުރެ އެވެ.
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ
ޑިޒްނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފި
އޮބި-ވާން ކެނޯބީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ
ވޮންޑަ ވުމަންގެ ޑައިރެކްޓަރަށް ސްޓާ ވޯސްގެ ފިލްމެއް
"ލަޔަން ކިންގް" ގެ ޕްރިކްއަލްއެއް ހަދަނީ
"ސްޓާ ވޯސް" ގެ ފިލްމެއް 40 އަހަރު ފަހުން
"ރައިޒް އޮފް ސްކައިވޯކާ" އަށް ބިލިއަން ޑޮލަރު
ސްޓާ ވޯސްގެ އާ ފިލްމު ބެލުމުގައި ސަމާލުވާން އެދެފި
"ތުރޯންސް" ގެ މޭސްތިރިން "ސްޓާ ވޯސް" ދޫކޮށްލައިފި