ޑްރަގް އޯވަޑޯސް ވެގެން މަރުވި އެމެރިކާގެ މަޝްހޫރު އެކްޓަރު މެތިއު ޕެރީގެ މަރުގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ޑްރަގް އޯވަޑޯސް ވެގެން މަރުވި އެމެރިކާގެ މަޝްހޫރު އެކްޓަރު މެތިއު ޕެރީގެ މަރުގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ހައްޔަރުކުރި އެ ފަސް މީހުންނަކީ ޕެރީއަށް ޑްރަގް ފޯރުކޮށްދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނެވެ. އޭގެ ތެރޭގައި އޭނާގެ ދުވަސްވީ އެސިސްޓެންޓް ކެނެތު އިވާމާސާ ވެސް ހިމެނެ އެވެ.
އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގައި ޗޭންދުލާގެ ރޯލު ކުޅުނު ޕެރީ މަރުވެފައި އޮއްވާ ފެނުނީ ލޮސް އެންޖެލަސްގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އުމުރުން 54 އަހަރުގައި އޭނާ މަރުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 29 ގަ އެވެ. އޭނާ މަރުވީ ޑްރަގް އޯވަޑޯސްވެ، ހޮޓް ޓަބެއްގެ ތެރެއަށް ގެނބިގެންނެވެ.
ޕެރީ އަކީ ޑްރަގް އެޑިކްޝަންގެ މައްސަލަ ހުންނަ މީހެކެވެ.
ޕެރީގެ އެސިސްޓެންޓް ވަނީ ޑްރަގުގެ ބާވަތެއް ކަމަށްވާ ކެޓަމިން ޕެރީއަށް ގަނެދިން ކަމަށް ތަހުގީގަށް އެއްބަސްވެފަ އެވެ. ޕެރީ ވަނީ އޭނާ މަރުވުމުގެ ފަސް ދުވަސްކުރިން ކެޓަމިންގެ 27 ޑޯޒް ނަގައިފަ އެވެ. މި ޑޯޒްތައް ޕެރީއަށް އިންޖެކްޓު ކޮށްދިނީ ވެސް އޭނާގެ އެސިސްޓެންޓެވެ.
މި މައްސަލާގައި ދެން ހައްޔަރުކުރީ ފެރީގެ އެޑިކްޝަންގެ ފައިދާ ނަގައި، އޭނާއަށް ޑްރަގް ވިއްކުމުގައި އުޅުނު މީހުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރަކު ވެސް ހިމެނެ އެވެ. އެ އެންމެން ވެސް ވަނީ މި ކުށަށް އެއްބަސްވެފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ވަނީ އެ ފަސް މީހުންގެ މައްޗަށް ޑްރަގް ޓްރެފިކްކުރުމާއި އޮޅުވާލައިގެން މީހަކަށް ގަސްތުގައި އަނިޔާދިނުމުގެ ދައުވާކޮށްފަ އެވެ.
ސޯފިއާ މުޅިން ތަފާތު ރޯލަކުން
ޗެންދުލާގެ މަރަށް ފަހު ޖޯއީގެ އަސަރުގަދަ ޕޯސްޓެއް
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
ހޮލީވުޑްގެ ތަރި ޑަޔާން ކީޓަން މަރުވެއްޖެ
"ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި
"ގޭމް އޮފް ތުރޯންސް"ގެ އާ ސީރީޒް ޖެނުއަރީގައި