Roadha Mihaaru
އެމްއައިބީން އޭދަފުށީގައި ސާވިސް ސެންޓަރެއް

އެމްއައިބީން އޭދަފުށީގައި ސާވިސް ސެންޓަރެއް

01 ނޮވެމްބަރ 2023

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އަތޮޅު ސާވިސް ސެންޓަރު އޭދަފުށީގައި ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އަތޮޅު ސާވިސް ސެންޓަރު އޭދަފުށީގައި ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވައްއިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު އާއި ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހެވެ.

އެމްއައިބީން ބުނީ މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެއް ކަމަށެވެ. ފައިސާ ޖަމާކުރުމާއި ނެގުން 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށްލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެ ބޭންކުން ބުނީ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ އޮންލައިންކޮށް، އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް އަމިއްލައަށް ރަޖިސްޓްރީ ކޮށްލެވޭ ކަމަށެވެ. އަދި ބޭންކްގެ އެކި ހިދުމަތްތަކަށް މުވަޒަފުންގެ އެހީ ހޯދޭނެ އެވެ.

އެމްއައިބީގެ ފައިނޭންސިން ހިދުމަތް ހޯދުމަށް މާލެ އައުމުގެ ބަދަލުގައި އެ ސަރަހައްދުންނަށް މިހާރު ހިދުމަތް ހޯދޭނެ އެވެ. އެމްއައިބީ އިން ބުނީ މިއީ އެބޭންކުގެ އާ ތަސައްވަރު ކަމަށާއި މިފަދަ ޒަމާނީ ބްރާންޗަކަށް ކުރިއަށް އޮތް ތަނުގައި ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ. އެގޮތުން އދ. އާއި ލ. އަތޮޅުގައި ވެސް އެމްއައިބީގެ ސާވިސް ސެންޓަރުތައް ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.