Roadha Mihaaru
މަދަނީ އަބްދުﷲ މެލޭޝިއާ އިން ހިފަހައްޓައިފި

މަދަނީ އަބްދުﷲ މެލޭޝިއާ އަށް އެތެރެވިޔަ ނުދީ ޑިޕޯޓުކޮށްލަނީ

02 ނޮވެމްބަރ 2023

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އަށް އިއްޔެ ވަޑައިގަތުމުން، އެއާޕޯޓުގައި ހިފަހައްޓައި، އޭނާ ޑިޕޯޓުކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އަށް އިއްޔެ ވަޑައިގަތުމުން، އެއާޕޯޓުގައި ހިފަހައްޓައި، އޭނާ ޑިޕޯޓުކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ މެލޭޝިއާ ވަޑައިގަތުމުން، އެތެރެވިޔަނުދީ އެއާޕޯޓުގައި ހިފަހައްޓާފައިވަނީ، އޭނާގެ ނަމުގައި "އެންޓީއެލް" (ނޮޓް ޓު ލޭންޑް) އެއް އޮތުމުންނެވެ.

އެކަމަކު އަބްދުﷲގެ މައްޗަށް އެ އެންޓީއެލް އޮތް ސީދާ ސަބަބެއް ނޭނގެ އެވެ. މެލޭޝިއާ އިމިގްރޭޝަނުން އާންމުކޮށް އެންޓީއެލް ކަނޑައަޅަނީ އެކަށީގެންވާ ސަބަބެއް ނެތި، ޓޫރިސްޓު ވިސާގައި މާ ގިނައިން އެ ގައުމަށް އެތެރެވާތީ، ވަޒީފާ ހޯދައިގެން ވަޒަންވެރިވެދާނެ ކަމަށް ބެލެވިގެންނެވެ.

އަބްދުﷲ ހިފަހައްޓާފައިވަނީ، ޓެރަރިޒަމްގެ ތުހުމަތަކާ ގުޅިގެން ކަމަށް ދިވެހި މީޑިއާގައި ވާހަކަ ދެއްކެވުނަސް، އެ ފަދަ ތުހުމަތެއް އޭނާގެ މައްޗަށް ނުކުރެވޭ ކަން އެނގިފައި ވެ އެވެ.

އޭނާ މި ވަގުތު އެއާޕޯޓުގައި ހުރީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެންމެ އަވަހަށް ހަމަޖެހޭ ފްލައިޓަކުން އަނބުރާ ރާއްޖެ އަށް ފޮނުވާލާނެ ކަން ވެސް ވަނީ އެނގިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން އެ ކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.