Roadha Mihaaru
އެމެރިކާގެ އަސްލު މޫނު ދެއްކީތީ ޓްރަމްޕަށް ޝުކުރު

އެމެރިކާގެ އަސްލު މޫނު ދެއްކީތީ ޓްރަމްޕަށް އީރާނުގެ ޝުކުރު

07 ފެބުރުއަރީ 2017

ތެހެރާން (ފެބްރުއަރީ 7) - "އެމެރިކާގެ އަސްލު މޫނު" ދައްކުވައިދިނީތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރާ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ފެބްރުއަރީ 7) - "އެމެރިކާގެ އަސްލު މޫނު" ދައްކުވައިދިނީތީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރާ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

"މި އިންސާނާ (ޓްރަމްޕް) އަށް އީރާނުން ޝުކުރު އަދާކުރަން ޖެހޭ. އޭނާ ވަނީ އެމެރިކާގެ އަސްލު މޫނު ދައްކުވައިދީފައި،" އަސްކަރީ އޮފިސަރުންތަކަކާ ތެހެރޭނުގައި ބައްދަލު ކުރައްވާ ޚާމަނާއީ މިއަދު ވިދާޅުވި އެވެ.

ޚާމަނާއީ ވިދާޅުވީ ވޭތުވެދިޔަ 30 އަހަރު އެމެރިކާގެ ސިސްޓަމުގެ ތެރޭގައި ސިޔާސީ، އިޖްތިމާއީ އަދި ކޮރަޕްޝަން އޮތް ކަމަށް ދައްކަމުން ދިޔަ ނަމަވެސް އެންމެ ފަހުން ޓްރަމްޕް ވަޑައިގެން އިންތިޚާބުގެ ތެރޭގަ އާއި އިންތިޚާބުގެ ފަހުން އެމެރިކާގެ އަސްލު މޫނު ދައްކުވައިދީފި ކަމަށެވެ.

އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން އެ ގައުމުގެ އެއާޕޯޓަކުން ހިފެހެއްޓި ކުޑަ ކުއްޖަކަށް އިޝާރާތް ކުރައްވާ ޓްރަމްޕް ވިދާޅުވީ ފަސް އަހަރުގެ ކުއްޖެއްގެ އަތުގައި ބިޑި އަޅުވާފައި ބެހެއްޓުމަކީ އިންސާނީ ހައްގުތަކަށް އެމެރިކާ އިން އިހުތިރާމް ކުރާ މިންވަރު ކަމަށެވެ.

އީރާނުން ދަނީ އަލިފާނާ ކުޅެމުން ކަމަށާއި ރައީސް ބަރަކް އޮބާމާގެ ހެޔޮ ކަމަށް އީރާނުން ޝުކުރު އަދާ ނުކުރާ ކަމަށް ވިދާޅުވެ މި މަހު 3 ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓުގެ ރައްދުގައި ޚާމަނާއީ ވިދާޅުވީ އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓުމަކަށް ގެނައި އިރު އީރާގާއި ސީރިއާގައި އެމެރިކާ އިން ކުރި ކަންތަކުގެ ސަބަބުން އިސްލާމިކް ސްޓޭޓް (އައިއެސް) އުފައްދާފައިވާ ކަމަށެވެ.