08 ފެބުރުއަރީ 2017
ބާލިން (ފެބްރުއަރީ 8) - ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްއާ އެކު ނެގި ސެލްފީއެއް ފޭކް ޚަބަރުތަކުގައި ވެސް ބޭނުންކޮށްފައިވާ މައްސަލާގައި ފޭސްބުކާ ދެކޮޅަށް ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ އަނަސް މޮދަމަނީ ދައުވާކޮށްފި އެވެ.
ބާލިން (ފެބްރުއަރީ 8) - ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްއާ އެކު ނެގި ސެލްފީއެއް ފޭކް ޚަބަރުތަކުގައި ވެސް ބޭނުންކޮށްފައިވާ މައްސަލާގައި ފޭސްބުކާ ދެކޮޅަށް ސީރިއާގެ ރެފިއުޖީއެއް ކަމަށްވާ އަނަސް މޮދަމަނީ ދައުވާކޮށްފި އެވެ.
ޖަރުމަނުގެ ވޫޒްބާގުގެ ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ބާއްވައިފަ އެވެ.
މާކެލްއާ އެކު އޮގަސްޓް، 2015 ގައި އަނަސް ނެގި ފޮޓޯ ވަރަށް ގިނަ ބަޔަކު ޝެއާކުރި އެވެ. ނަމަވެސް ފަހުން އެ ފޮޓޯ ވަނީ ނުބައި ޚަބަރުތަކުގައި ބޭނުންކޮށް، ޓެރަރިސްޓް ހަމަލާތަކާ ވެސް އޭނާއާ ގުޅުވައިފަ އެވެ. މި ފޮޓޯ ވަނީ ބްރަސަލްސްގައި ދިން ހަމަލާ އާއި ޖަރުމަނުގެ ކްރިސްމަސް މާރުކޭޓަކަށް ދިން ހަމަލާއާ ވެސް ގުޅުވައިފަ އެވެ. ފޭސްބުކުން ވަނީ ބައެއް ޕޯސްޓްތައް ޑިލީޓްކޮށްފަ އެވެ. ނަމަވެސް އަނަސްގެ ވަކީލް ބުނީ އަދިވެސް ބައެއް ޕޯސްޓްތައް ފެންނަން އެބަހުރި ކަމަށެވެ. އަދި މާކެލްއާ އެކު ނަގާފައިވާ ފޮޓޯ ނުރަނގަޅު ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ފޭސްބުކަށް އެތައް ކަމެއް ކުރެވޭނެ ކަމަށް ވަކީލުން ބުނެފައިވެ އެވެ.
ސީރިއާގެ ރެފިއުޖީ އަނަަސް އާއި އޭނާގެ ވަކީލް، ކޯޓުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަނީ.
ފޭސްބުކުގެ ވަކީލް މާޓިން މުންޒު ބުނީ ކޮންމެ ދުވަހަކު އެތައް ބިލިއަން ޕޯސްޓެއް ފޭސްބުކުގައި ލިޔަމުން ދިޔަ ނަމަވެސް އަނަސް ރިޕޯޓް ކުރި ހުރިހާ ޕޯސްޓެއް ނަގާފައިވާނެ ކަމަށެވެ. އަދި އެކަމަކުގެ ޒިންމާ އުފުލަން ޖެހޭނީ ފޭސްބުކުގައި އެ އެއްޗެއް ޕޯސްޓް ކުރާ މީހެއް ކަމަށާއި ފޭސްބުކުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
ސީރިއާ އިން 2015 ވަނަ އަހަރު ނުކުތް އަނަސް ދިރިއުޅެނީ ބާލިންގަ އެވެ. އޭނާ ސެލްފީ ނެގީ ރެފިއުޖީން ދިރިއުޅޭ ސަރަހައްދަށް މާކެލް ކުރެއްވި ޒިޔާރަތެއްގަ އެވެ. އަދި އެ ފޮޓޯ އަނަސް ވަނީ ފޭސްކުގައި ޝެއާ ކޮށްފަ އެވެ. ފަހުން މި ފޮޓޯ ވަނީ މާކެލްގެ އިމިގްރޭޝަން ސިޔާސަތުގެ ރަމްޒެއްގެ ގޮތުގައި ވެސް ބަލައިފަ އެވެ.
ފޭކް ޚަބަރުގެ މައްސަލައިގައި ފޭސްބުކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެހެންވެ ފޭސްބުކުން ދާދި ފަހުން ވަނީ އެމެރިކާ، ޖަރުމަން އަަދި ފްރާންސްގައި ފިލްޓާރިން ސިސްޓަމެއް ގާއިމްކޮށްފަ އެވެ. މި ފިޔަވަޅު އެޅީ ފޭސްބުކުން އާއްމުކުރި ފޭކް ނިއުސްގެ ސަބަބުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް އަސަރުކޮށްފައިވާ ކަމަށް އަޑުތައް ފެތުރިވެފައި ވަނިކޮށެވެ.
ފްރާންސްގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ފޭސްބުކުން ވަނީ ގޫގްލް އާއި، އަށް ނިއުސް އޮގަނައިޒޭޝަނާ ގުޅިގެން ތެދު ޚަބަރެއްކަން ކަށަވަރު ކުރުމުގެ ޓޫލެއް ގާއިމްކޮށްފަ އެވެ. މި އަހަރު އިންތިޚާބު ބާއްވާ ޖަރުމަނުން ދަނީ ފޭކް ނިއުސް ޕޯސްޓްކުރާ ނަމަ ފޭސްބުކް ޖުރުމަނާ ކުރުމަށް ވިސްނަމުންނެވެ.
ޖަރުމަން އިންތިހާބު ކާމިޔާބުކުރީ ސޯޝަލް ޑިމޮކްރޭޓުން
އެންޖެލާގެ މަގާމު ފުރާނެ މީހެއްގެ އިންތިހާބު ކުރިއަށް
އަންޖެލާ މާކެލް ދެ ޑޯޒް ޖެއްސެވީ ދެ ވެކްސިނުން
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ފުޓްބޯޅަ ސީޒަން ފަށަން ޖަރުމަނު ސަރުކާރުން ރުހުންދީފި
ޖަރުމަނުގައި ދަރިންނަށް ވެކްސިން ނުދޭ ނަމަ ޖޫރިމަނާއެއް
ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަން މާކެލް ގޮވާލައްވައިފި
ބާލިން އެއާޕޯޓުގައި ބޮންގޮއްވަން އުޅުނު މީހާ މަރުވެއްޖެ
މުސްލިމު ރެފިއުޖީންނަށް އީޔޫ އިން ހުއްދަ ދޭން ޖެހޭ
ޖަރުމަނުގެ ޗާންސެލަރަށް އިތުބާރު އޮތްތޯ ބަލަން ވޯޓަކަށް