07 ޑިސެމްބަރ 2016
ބާލިން (ޑިސެމްބަރު 7) - ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކެލް ގޮވާލައްވައިފި އެވެ.
ބާލިން (ޑިސެމްބަރު 7) - ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކެލް ގޮވާލައްވައިފި އެވެ.
އެކަމަނާގެ ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސްކޫލްތަކާއި ކޯޓުތައް އަދި ސަރުކާރުގެ އޮފީސްތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ. އެކަމަކު މޫނު ބުރުގާ މުޅިން މަނާކުރުމަކީ ޖަރުމަނުގެ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
ޖަރުމަނުގެ ޗާންސެލާ މާކެލް. --ފޮޓޯ:އޭއެފްޕީ
ސީޑީޔޫގެ ލީޑަރުކަމަށް މާކެލް ވަނީ އަލުން އިންތިޚާބުކޮށްފަ އެވެ. ނަމަވެސް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވީ ނަމަވެސް ކަނާތު ފިޔައިގެ އޭއެފްޑީ ޕާޓީގެ ފަރާތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. މާކެލް ކުރިމަތި ލައްވަނީ ހަތަރު ވަނަ ދައުރަށެވެ. ޖަރުމަނަށް ގާތްގަނޑަކަށް މިލިއަނެއްހާ ރެފިއުޖީން ވަނުމުގެ ހުއްދަ ދިނުމާ ގުޅިގެން މާކެލްގެ މަގްބޫލްކަން ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް 2005 ވަނަ އަހަރު ޗާންސެލަރު ކަމަށް ވަޑައިގެންނެވި މާކެލްގެ ނުފޫޒު ސިޔާސީ ދާއިރާގައި އަދިވެސް ގަދަ އެވެ. ސީޑީޔޫގެ 1،000 ޑެލިގޭޓުން ބައިވެރިވި އިންތިޚާބު މާކެލް ކާމިޔާބު ކުރެއްވީ 89.5 ޕަސެންޓް ވޯޓާ އެކު އެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް. --ފޮޓޯ:އޭއެފްޕީ
ޖަރުމަނުގެ އާއްމު ތަންތަނުގައި މޫނު ބުރުގާ މަނާކުރުމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ތޯމަސް ޑި މައިޒާރީ އޮގަސްޓް މަހު ވަނީ ޕްރޮޕޯޒަލެއް ހުށަހަޅުއްވައިފަ އެވެ. ސީޑީޔޫގެ އަހަރީ ކޮންގްރެސްގައި މާކެލް ވަނީ ދާޚިލީ ވަޒީރުގެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ. އަދި މޫނު ބުރުގާ އަޅައިގެން އުޅުމަކީ ޖަރުމަނުގެ ސަގާފަތެއް ނޫން ކަމަށް ވެސް މާކެލް ވިދާޅުވި އެވެ.
ފްރާންސްގައި ވަނީ 2010 ވަނަ އަހަރުން ފެށިގެން އާއްމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން މަނާކޮށްފަ އެވެ. މިއީ މޫނު ބުރުގާ ޔޫރަޕުން މަނާކުރި ފުރަތަމަ ގައުމެވެ.
ޖަރުމަނުގައި މޫނު ބުރުގާ އެޅުން މަނާކުރަނީ
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ވެކްސިން ޕާސްޕޯޓް ފޯޖްކުރާ ނަމަ ޖަލަށްލަނީ
ޖަރުމަން އިންތިހާބު ކާމިޔާބުކުރީ ސޯޝަލް ޑިމޮކްރޭޓުން
އެންޖެލާގެ މަގާމު ފުރާނެ މީހެއްގެ އިންތިހާބު ކުރިއަށް
ހުޅަނގު ޔޫރަޕްގެ ފެންބޮޑުވުމުގައި 180 މަރު
އަންޖެލާ މާކެލް ދެ ޑޯޒް ޖެއްސެވީ ދެ ވެކްސިނުން
މުއްސަނދި ގައުމުތަކުގެ ވެރިން އިލެކްޓްރޯނިކް ކުނިބުނިން
ފުޓްބޯޅަ ސީޒަން ފަށަން ޖަރުމަނު ސަރުކާރުން ރުހުންދީފި
ޖަރުމަނުގައި ދަރިންނަށް ވެކްސިން ނުދޭ ނަމަ ޖޫރިމަނާއެއް