އިލެކްޓްރިކް ސާމާނުން އުފެދޭ ކުނީގެ މައްސަލަ އަށް ސަމާލުކަން ހޯދުމުގެ ގޮތުން ޖީ7ގެ ގައުމުތަކުގެ ވެރިންގެ ސޫރަ ސިފަކޮށް، އޭގެ ކުނިބުނިން ސްކަލްޕްޗާއެއް އިނގިރޭސިވިލާތުގައި ހަދައިފި އެވެ.
10 ޖޫން 2021
އިލެކްޓްރިކް ސާމާނުން އުފެދޭ ކުނީގެ މައްސަލަ އަށް ސަމާލުކަން ހޯދުމުގެ ގޮތުން ޖީ7ގެ ގައުމުތަކުގެ ވެރިންގެ ސޫރަ ސިފަކޮށް، އޭގެ ކުނިބުނިން ސްކަލްޕްޗާއެއް އިނގިރޭސިވިލާތުގައި ހަދައިފި އެވެ.
ފޯނާއި ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޓީވީ އަދި މި ނޫން ވެސް އުކާލާފައިވާ އެފަދަ އިލެކްޓްރިކް ސާމާނު ބޭނުންކޮށްގެން ހަދާފައިވާ ސްކަލްޕްޗާގައި ދައްކުވައި ދެނީ ޖީ7 ގެ ހަތް ގައުމުގެ ވެރިންނެވެ. މި މަސައްކަތް ކޮށްފައި މި ވަނީ ޖީ7 ގެ ކުރިއަށް އޮތް ސަމިޓް ކޯންވޯލްގައި ފަށަން ތައްޔާރުވަމުން އަންނަ ވަގުތާ ދިމާކޮށެވެ.
އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަނާއި ޖަރުމާންގެ ޗާންސެލަރު އެންޖެލާ މާކަލް އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އާއި އިޓަލީގެ ބޮޑުވަޒީރުގެ މާރިއޯ ޑްރާގީ އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސުގާ އެވެ.
އީ-ވޭސްޓު ތިމާވެއްޓަށް ލިބޭ ގެއްލުމާއި އެފަދަ ކުނިބުނީގެ އަދަދު އިތުރުވަމުންދާ ނަމަ ދިމާވާނެ މައްސަލަތައް ވެރިންގެ ސަމާލުކަމަށް ގެންނަން ހެދި ސްކަލްޕްޗާގެ ނަމަކީ "މައުންޓް ރީސައިކަލްމޯ" އެވެ.
މި ސްކަލްޕްޗާ ހެދި ޖޯ ރަޝް ބުނި ގޮތުގައި އީ-ވޭސްޓް އަލުން ބޭނުންކުރުމާއި އެ އެއްޗެހި ރިސައިލްކުރެވޭ ގޮތްތަކެއް ހޯދައި އީ-ވޭސްޓް މަދުކުރުމަކީ ކުރަން ޖެހިފައިވާ ވަރަށް މުހިއްމު މަސައްކަތެކެވެ. އެހެންވެ އިލެކްޓްރިކް ސާމާނު އުފައްދާ ކުންފުނިތަކުން ވެސް މިހާރަށް ވުރެ ޒިންމާދާރުކޮށް މަސައްކަތްކުރަން ޖެހޭ ކަމަށް ބުންޏެވެ.
އީ-ވޭސްޓުން ސްކަލްޕްޗާ ހެދި ޖޯ.
ޖޯ ބުނި ގޮތުގައި އީ-ވޭސްޓް މަދުކުރެވޭނެ އެއް ގޮތަކީ އުފައްދާ ތަކެތި ބޭނުންކުރެވޭ މުއްދަތު އިތުރުކުރުން ކަމަށެވެ.
"އެހެންވީމަ އެފަދަ އުސޫލުތަކެއްގެ ދަށުން ތަކެތި އުފެއްދުމަށް ކުންފުނިތަކަށް ބާރު އަޅާ ގޮތަށް އެބަޖެހޭ ކަންކަން ބައްޓަންވާން،" އޭނާ ބުންޏެވެ. "އަހަރެން އުންމީދުކުރަން މި ފަހަރުގެ ސަމިޓްގެ ތެރެއިން އީ-ވޭސްޓާ މެދު ބަހުސްކޮށް ހައްލުތަކެއް ހޯދަން ވާހަކަތަކެއް ދެކެވޭނެ ކަމަށް."
ޖީ7 ސަމިޓް ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށެވެ.
އދ. އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2019 ގައި އެކަނި ވެސް އީ-ވޭސްޓްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 53 ޓަނުގެ ކުނި އުފެދުނެވެ. އެއީ އޭގެ ފަސް އަހަރު ކުރިއާ އަޅާކިޔާ ނަމަ ނުވަ މިލިއަން ޓަނުގެ އިތުރުވުމެކެވެ.
އެންމެ ނުފޫޒު ގަދަ ޕާސްޕޯޓްތަކަކީ ކޮބާ؟
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ޖީ7ގެ އިތުރު ދަތިކުރުންތަކެއް ރަޝިޔާ އަށް
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އެމެރިކާ އަމަލުކުރާނެ
އަލުން ހަނދަށް ދިއުމުގެ ޕްރޮގްރާމްގައި ހަތް ގައުމެއް
އެމެރިކާ، މެކްސިކޯ، ކެނެޑާގެ ރައީސުން ބައްދަލުކުރަނީ
މެކްރޯން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފި
ސްވިފްޓް ނިޒާމުން ރަޝިއާ އެކަހެރިކޮށްފި
ޕޫޓިންއާ މަޝްވަރާކުރައްވަން ބައިޑަން އެއްބަސް