އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރަކާއެކު އަންހެނުންނަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ. މިއީ، އަންހެނުންގެ ބަލިތަކަށް ހާއްސަކޮށްގެން ސަރަހައްދީ ފެންވަރުގައި ހުޅުވި ފުރަތަމަ ސެންޓަރެވެ.
08 ނޮވެމްބަރ 2023
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރަކާއެކު އަންހެނުންނަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ. މިއީ، އަންހެނުންގެ ބަލިތަކަށް ހާއްސަކޮށްގެން ސަރަހައްދީ ފެންވަރުގައި ހުޅުވި ފުރަތަމަ ސެންޓަރެވެ.
އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު އިއްޔެ ވިދާޅުވީ މާބަނޑު މީހުންނަށް އިސްކަންދިނުމަށް ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރު ހުޅުވިތާ ދޮޅު މަސް ދުވަސްވެއްޖެ ކަމަށެވެ. "ވެލް ވުމަން" ކްލިނިކް ހުޅުވީ މިދިޔަ ހޯމަ ދުވަހެވެ.
މި ސެންޓަރުގައި މަސައްކަތް ކުރައްވާނީ އަންހެނުންގެ ބަލިތަކުގެ ދެ ސްޕެޝަލިސްޓުންނެވެ.
އަންހެނުންގެ ކްލިނިކުން މައިގަނޑު ގޮތެއްގައި ކުރާނީ ސްކްރީނިން އަދި ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެވެ.
އޭގެ ތެރޭގައި، ރަހިމުގެ ކެންސަރާއި އުރަމަތީގެ ކެންސަރުން ރައްކާތެރިވުމާ ބެހޭގޮތުން މައުލޫމާތު ދިނުމާއިި އުރަމައްޗަށް އަންނަ ބަދަލުތައް އަމިއްލައަށް ބަލާނެ ގޮތްތައް ދަސްކޮށްދިނުން އަދި އެ ބަލިތަކަށް ސްކްރީންކުރުން ހިމެނެ އެވެ.
އުނގޫފާރު ހޮސްޕިޓަލްގެ ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރުގައި ޑޮކްޓަރަކު، މީހަކު ބަލަނީ.-- ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް
މާބަނޑު މީހުންނަށް ތިން ދުވަސް އަދި އަންހެނުންގެ އެހެން ބަލިތަކަށް ފަރުވާ ދިނުމަށް ދެ ދުވަސް ހާއްސަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެލް ވުމަންގައި ރަޖިސްޓްރީ ކޮށްފިއްޔާ އެ މީހަކު ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް އަންގާނެ." މާހިރު ވިދާޅުވި އެވެ.
ވިހެއުމަށްފަހު ހަ މަސް ދުވަސް ވަންދެން އަންހެން މީހާގެ ހާލަތު ވެސް ކައިރިން މޮނީޓާކުރާނެ ކަމަށާއި އެގޮތުން އެ މީހަކު ކާން ޖެހޭ އެއްޗިއްސާއި އިސްކަންދޭންޖެހޭ ކަންކަން ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއްމު ބަލި މީހާ އާ ރިޕްރޮޑަކްޓިވް ހެލްތަށް ދައްކާ މީހުން ތަފާތުވެގެންދާނެ މި ބަދަލުތަކާއެކު. އޭރުން މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހޭދަކުރާ ވަގުތު އިތުރުވެގެންދާނެ." މާހިރު ވިދާޅުވި އެވެ.
ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައި ހިދުމަތް ފަށައިފި
ލެޕްރޮސްކޮޕިކް ސާޖަރީއަށް އުނގޫފާރު ހޮސްޕިޓަލް ތައްޔާރު
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
ދަރިމައިވާ ރޭޓް އަދިވެސް ދަނީ ދަށަށް
ސިޒޭރިއަން އިތުރުވުން: ކަންބޮޑުވުން އޮތް މައްސަލައެއް!
ހޭނައްތާ ޑޮކްޓަރުން ނުލިބި އޮޕަރޭޝަންތައް މަޑުޖެހިއްޖެ
އުފަންވެނި ސިއްހަތަށް ފަރުވާ ދިނުމަށް ސެންޓަރެއް
ގަން ހޮސްޕިޓަލަށް ދެއްކި މީހުން 60،000 އިތުރު
އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި